ސޫޗީއަށް ދެ ދުވަސްތެރޭ ތިން ވަނަ ޖަލު ހުކުމް، މިފަހަރު ދެ އަހަރުގެ ހުކުމެއް!

މިއަންމާގެ ޑިމޮކްރެޓިކް ލީޑަރު އަންސަން ސޫޗީ އިތުރު ދެ އަހަރަށް ޖަލަށްލާން އެ ގައުމުގެ ކޯޓަކުން ހުކުމް ކޮށްފި އެވެ. ބަޣާވާތަކުން ސޫޗީގެ ވެރިކަން މިއަންމާ އަސްކަރިއްޔާއިން ވައްޓާލީ މިއަހަރުގެ ފެބްރުއަރ...

08 Dec 2021 | 16:59

މިއަންމާގެ ޑިމޮކްރެޓިކް ލީޑަރު އަންސަން ސޫޗީ އިތުރު ދެ އަހަރަށް ޖަލަށްލާން އެ ގައުމުގެ ކޯޓަކުން ހުކުމް ކޮށްފި އެވެ.

ބަޣާވާތަކުން ސޫޗީގެ ވެރިކަން މިއަންމާ އަސްކަރިއްޔާއިން ވައްޓާލީ މިއަހަރުގެ ފެބްރުއަރީ އެއް ވަނަ ދުވަހު އެވެ. ވެރިކަން ވައްޓާލުމަށް ފަހު މިހާތަނަށް ސޫޗީ ހުރީ ހައްޔަރުކޮށްފަ އެވެ.

މިއަންމާގެ ގައުމީ ޓީވީން ރިޕޯޓު ކުރި ގޮތުގައި އިއްޔެ ސޫޗީއަށް އިތުރު ދެ އަހަރުގެ ޖަލު ހުކުމެއް ކުރީ ޑިޒާސްޓާ މެނޭޖްމެންޓު ގާނޫނާއި ހިލާފުވުމުން އުފުލި ދައުވާ ސާބިތުވާ ކަމަށް ނިންމުމުންނެވެ. މިމަހުގެ ހަ ވަނަ ދުވަހު ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވީ ކޯވިޑް ގައިޑްލައިނާ ހިލާފުވެގެންނާއި އަސްކަރީ ވެރިކަމާއި ދެކޮޅަށް މަސައްކަތް ކުރާ ކަމަށް ބުނެ އުފުލި ދެ ދައުވާ ސާބިތުވާ ކަމަށް ކަނޑައެޅުމުންނެވެ،

ރިޕޯޓުތައް ބުނާގޮތުގައި ސޫޗީ އާއި ދެކޮޅަށް އިތުރު ދައުވާތަކެއް ކުރުމަށް އަސްކަރީ ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން ގަވައިދާ ހިލާފަށް ވޯކީ ޓޯކިތަކެއް އެތެރެ ކުރުމާއި ސަރުކާރުގެ ސިއްރު ހާމަ ކުރިކަމުގެ ދައުވާ ހިމެނެ އެވެ.

ސުޗީގެ ޝަރީއަތް ހިނގަމުންދާ ގޮތުގެ މައުލޫމާތު ހާމަކުރުން އެކަމަނާގެ ވަކީލުންނަށް އޮންނަނީ މަނާކޮށްފަ އެވެ.

ސޫޗީގެ ސަރުކާރު ބަޣާވާތަކުން ވައްޓާލީ މިދިޔަ އަހަރުގެ ނޮވެމްބަރު ބޭއްވި މިއަންމާގެ އާންމު އިންތިހާބުގައި ސޫޗީ މަކަރު ހެއްދެވި ކަމަށް ބުނެ އެވެ. އެ އިންތިހާބު ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބު ކުރީ ސޫކީގެ އެންއެލްޑީންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް