ބިޕިން އަކީ އެހެން ހުރިހާ ކަމަކަށް ވުރެ ބޮޑަށް، ޤައުމު އިސްކުރެއްވި ބޭކަލެއް: ރައީސް ސޯލިހް

އިންޑިއާގެ ޑިފެންސް ޗީފް ޖެނެރަލް ބިޕިން ރަވާތު އަކީ އެހެން ހުރިހާ ކަމަކަށް ވުރެ ބޮޑަށް ޤައުމު އިސްކުރެއްވި ސިފައިންގެ ބޭކަލެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއ...

08 Dec 2021 | 16:29

އިންޑިއާގެ ޑިފެންސް ޗީފް ޖެނެރަލް ބިޕިން ރަވާތު އަކީ އެހެން ހުރިހާ ކަމަކަށް ވުރެ ބޮޑަށް ޤައުމު އިސްކުރެއްވި ސިފައިންގެ ބޭކަލެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހް މިހެން ވިދާޅުވެފައި ވަނީ އިންޑިއާގެ ޓެމިލްނާޑޫސްޓޭޓްގައިި ޖެނެރަލް ބިޕިން ދަތުރު ކުރެއްވި ހެލިކޮޕްޓަރު ވެއްޓި އަވަހާރަވުމާއި ގުޅިގެން އެކަމަށް އިޝާރަތް ކުރައްވާ ޓްވިޓާގައި ހިއްސާ ކުރެއްވި ތައުޒިޔާގެ މެސެޖެއްގައެވެ.

ރައީސް ޞާލިހްގެ ޓްވީޓްގައި ވިދާޅުވީ، އިންޑިއާގެ ޗީފް އޮފް ޑިފެންސް ސްޓާފް ޖެނެރަލް ބިޕިން އަވަހާރަވި ހިތާމަވެރި ޚަބަރު އަޑު އެއްސެވީ ނުހަނު ފުން ހިތާމަ އާއި އެކުގައި ކަމަށެވެ.

އަދި 2019 ވަނަ އަހަރު ބިޕިން އާއި ބައްދަލު ކުރެއްވުމުގެ ޝަރަފު ލިބިވަޑައިގެންނެވި ކަމަށާއި، ބިޕިން އަކީ އެހެން ހުރިހައި ކަމަކަށް ވުރެ ބޮޑަށް ޤައުމަށް ޚިދުމަތް ކުރެއްވުން އިސްކުރެއްވި، ސިފައިންގެ ބޭކަލެއް ކަމުގައެވެ.

ރައީސް ޞާލިހް ވަނީ ޖެނެރަލް ބިޕިން އަވަހާރަވުމާއި ގުޅިގެން ޢާއިލާ އަށާއި އިންޑިއާ ސަރުކާރަށް ތަޢުޒިޔާ ފޮނުއްވާފައެވެ.

ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި ޗީފް އޮފް ޑިފެންސް ސްޓާފް ޖެނެރަލް ބިޕިން ރަވާތު އާއި އޭނާގެ އަންހެނުންނާއި އެ ހެލޮކޮޕްޓަރުން ދަތުރު ކުރި އިތުރު 11 ސިފައިން ވެސް އަވަހާރަ ވެފައިވެއެވެ. 14 މީހުން ދަތުރު ކުރި ހެލިކޮޕްޓަރު ވެއްޓި މިއަދު ހިނގި އެ ހާދިސާގައި ސަލާމަތް ވެފައިވަނީ ޕައިލެޓް އެކަންޏެވެ. ނަމަވެސް ޕައިލެޓްވެސް ވަނީ ވަަރަށް ބޮޑަށް ފިހިފައެވެ. އަދި ލިބިފައިވާ ސީރިޔަސް އަނިޔާ ތަކަށް މިވަގުތު ދަނީ އަސްކަރީ ހޮސްޕިޓަލެއްގެ އައިސީޔޫގައި ފަރުވާ ދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް