އިންޑިއާ އަސްކަރިއްޔާގެ ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި ޑިފެންސް ޗީފް ބިޕިން ރަވާތު އާއި އަނބިކަނބަލުން މަދުލިކާ ރަވާތު އަވަހާރަވެއްޖެއެވެ.
އިންޑިއާގެ ޑިފެންސް މިނިސްޓަރު ޝްރީ ރަޖްނަތު ސިންގ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންޑިއާގެ ޓެމިލްނާޑޫސްޓޭޓްގައިި މިއަދު ހިނގި ހެލިކޮޕްޓރަު އެކްސިޑެންޓްގައި ޗީފް އޮފް ޑިފެންސް ސްޓާފް ޖެނެރަލް ބިޕިން ރަވާތު އާއި އޭނާގެ އަންހެނުން މަރުވެފައިވާ ކަމަށެވެ. އަދި އެ ހެލޮކޮޕްޓަރުން ދަތުރު ކުރި އިތުރު 11 ސިފައިން ވެސް މަރުވެފައވާ ކަމަށް ވިދާޅުވިއެވެ.
އެ ހެލިކޮޕްޓަރުގައި ޖެނެރަލާއި އޭނާގެ އަނބިކަނބަލުން ހިމެނޭހެން 14 މީހަކު ދަތުރު ކޮށްފައި ވެއެވެ. އިންޓަނޭޝަނަލް ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުން މި ހާދިސާގައި ހެލިކޮޕްޓަރު ދުއްވަން އިން ޕައިލެޓް ފިޔަވާ ހުރިހާ އެންމެން މަރުވެފައި ވެއެވެ.
އަދި މި ހާދިސާގައި ސަލާމަތްވި ޕައިލެޓަށް ލިބިފައިވާ ސީރިޔަސް އަނިޔާތަކަށް އަސްކަރީ ހޮސްޕިޓަލެއްގައި މި ވަގުތު ދަނީ ފަރުވާ ދެމުންނެވެ.
މި އެކްސިޑެންޓް ހިނގި ގޮތުގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް އިންޑިއާގެ ސަރުކާރުން ގޮވާލާފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް