ވެންޓިލޭޓަރުގެ މައްސަލައިގައި ދައުވާނުކޮށް އަނެއްކާވެސް އަނބުރާ ފޮނުވާލައިފި

ކޯވިޑް-19 އާއި ގުޅިގެން ރާއްޖެ ގެންނަން އޯޑަރުދިން ވެންޓިލޭޓަރުތަކުގެ މައްސަލައިގަ ދައުވާ ނުކުރެވޭނެ ކަމަށް ނިންމުމަށް އަނެއްކާވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މައްސަލަ އަނބުރާ ފޮނުވާލައިފި އެވެ....

08 Dec 2021 | 13:05

ކޯވިޑް-19 އާއި ގުޅިގެން ރާއްޖެ ގެންނަން އޯޑަރުދިން ވެންޓިލޭޓަރުތަކުގެ މައްސަލައިގަ ދައުވާ ނުކުރެވޭނެ ކަމަށް ނިންމުމަށް އަނެއްކާވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މައްސަލަ އަނބުރާ ފޮނުވާލައިފި އެވެ.

މިއީ އެ މައްސަލައިގަ ދައުވާ ނުކޮށް ފޮނުވާލި ތިން ވަނަ ފަހަރެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަދި މީޑިއާ އޮފިސަރު އަހުމަދު ޝަފީއު ވިދާޅުވީ މައްސަލަ އަނބުރާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ފޮނުވާލީ އިސްލާހު ކުރަން ޖެހޭ ކަންކަން ހުރުމުން ކަމަށާއި އެކަންކަން އިސްލާހު ކުރުމަށް ފަހު ހުށަހެޅުމުން ބަލައިގެންނާނެ ކަމަށެވެ.

އެ މައްސަލައިގަ އޭސީސީން ދައުވާކޮށްދިނުމަށް އެދިފައިވަނީ ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ އިސްވެރިން ހިމެނޭހެން 12 މީހެއްގެ މައްޗަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް