ގެއްލިގެން ހޯދަމުން ދިޔަ މީހާ އައްޑޫއިން ފެނިއްޖެ

މާލެއިން ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްގެން ހޯދަމުން ދިޔަ މީހާ ފެނިއްޖެއެވެ. ގެއްލިގެން ހޯދަމުން ދިޔަ މީހަކީ ދ. މީދޫ/ ނޫރާނީވިލާ، އަލީ އިސްމާއިލް 54އ އެވެ. މިއަދު ފުލުހުންގެ ވެބްސައިޓްގައި އިސްމާއ...

08 Dec 2021 | 12:59

މާލެއިން ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްގެން ހޯދަމުން ދިޔަ މީހާ ފެނިއްޖެއެވެ.

ގެއްލިގެން ހޯދަމުން ދިޔަ މީހަކީ ދ. މީދޫ/ ނޫރާނީވިލާ، އަލީ އިސްމާއިލް 54އ އެވެ.

މިއަދު ފުލުހުންގެ ވެބްސައިޓްގައި އިސްމާއިލްގެ ފޮޓޯ ޖަހައި ހާމަކޮށްފައި ވަނީ ވީނުވީއެއް ނޭނގި ގެއްލިގެން އެމީހާގެ އާއިލާގެ ފަރާތުން ފުލުހުންނަށް މި މަހުގެ ދެވަނަ ދުވަހުގެ ވަގުތެއްގައި ރިޕޯޓްކޮށްފައިވާ ކަމުގައެވެ.

ފުލުހުން ވިދާޅުވީ، އަލީ އިސްމާއިލް ހޯދަމުންދާ ކަން އެނގިގެން އޭނާ މިއަދު ވަނީ އައްޑޫ ސިިޓީ ޕޮލިސް އަށް އަމިއްލައަށް ހާޒިރުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް