އިންޑިއާގެ ޑިފެންސް ޗީފް ބައިޕިން ރަވާތް ދަތުރު ކުރެއްވި ހެލިކޮޕްޓަރު ވެއްޓި އޭގެން ދަތުރު ކުރި ހަތަރު މީހަކު މަރުވެ ތިން މީހަކު ޒަހަމް ވެއްޖެ އެވެ.
އެ ދަތުރުގައި ރަވާތާއި އެކު އަންހެނުންވެސް ބައިވެރިވެފައިވެ އެވެ. ދެން ދަތުރުކޮށްފައިވަނީ އިންޑިއާ އަސްކަރިއްޔާގެ އިސްވެރިންތަކެކެވެ.
ރިޕޯޓުތައް ބުނާގޮތުގައި ހެލިކޮޕްޓަރު ވެއްޓުނީ އިންޑިއާގެ ޓެމިލް ނާޑޫގެ ކޯނޫރްގެ ޖަންގަލި ތެރެއަށެވެ. އެ ދަތުރަކީ އިންޑިއަން އެއާ ފޯސް ބޭސް އިން ޑިފެންސް ފޯސް ސްޓާފް ކޮލެޖަށް ކުރި ދަތުރެއް ކަމަށްވެ އެވެ.
މިއެކްސިޑެންޓު ހިނގިކަން އިންޑިއަން އެއާ ފޯސްގެ ރަސްމީ ޓުވިޓާ އެކައުންޓު މެދުވެރިކޮށް ވަނީ ހާމަކޮށްފަ އެވެ. އެކަމަކު އެ ހާދިސާގައި ރަވާތާއި އޭނާގެ އަންހެނުން މަރުވިކަން ނުވަތަ އަނިޔާވިކަން ހާމަކޮށްފައެއް ނުވެ އެވެ.
ރަވާތަކީ އިންޑިއާގެ ފުރަތަމަ ޗީފް އޮފް ޑިފެންސް އެވެ. އެ މަގާމު އިންޑިއާ ސަރުކާރުން އުފެއްދީ 2019 ވަނަ އަހަރު އެވެ.
އޭނާ އަކީ އަސްކަރީ އާއިލާއަކަށް ނިސްބަތްވާ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ވަރަށް އަރިސް ބޭފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް