ކޮނޑޭ ސްކޫލްގެ ބިދޭސީ ޓީޗަރަކު އިސްލާމް ފޮތް އެއްލާލި ވާހަކަ އެޑިއުކޭޝަނުން ދޮގުކޮށްފި

ގއ. ކޮނޑޭ ސްކޫލްގައި މަސައްކަތް ކުރާ އިންޑިއާ ޓީޗަރަކު އިސްލާމް ފޮތް އެއްލާލި ކަމަށް ބުނާ ވާހަކަ އެޑިއުކޭޝަން މިނިސްޓްރީން ދޮގުކޮށްފި އެވެ. ކޮނޑޭ ސްކޫލް ބެލެނިވެރިން ބުނެފައިވާ ގޮތުގައި އިސްލާމް ފޮތް ...

08 Dec 2021 | 11:00

ގއ. ކޮނޑޭ ސްކޫލްގައި މަސައްކަތް ކުރާ އިންޑިއާ ޓީޗަރަކު އިސްލާމް ފޮތް އެއްލާލި ކަމަށް ބުނާ ވާހަކަ އެޑިއުކޭޝަން މިނިސްޓްރީން ދޮގުކޮށްފި އެވެ.

ކޮނޑޭ ސްކޫލް ބެލެނިވެރިން ބުނެފައިވާ ގޮތުގައި އިސްލާމް ފޮތް އެއްލާލުމަށް ފަހު ކަރުދާހުން ދަރިވަރުން ލައްވައި އެ ޓީޗަރުވަނީ ކްރިސްމަސް ޓްރީ ކަރުދާހުން ހައްދުވާފަ އެވެ. އެ ޓީޗަރު "ނަރަކަވެރި ފޮތާ ދުރުވެ، ސުވަރުގެ ފޮތާ ގާތް ވާން" ދަރިވަރުން ގާތުގައި ބުނިކަމަށްވެސް ވެ އެވެ.

މިކަމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ އަހުމަދު އަލީ މީޑިއާގައި ވިދާޅުވީ އިންޑިއާގެ އެ ޓީޗަރު

ގަސްދުގައި އިސްލާމް ފޮތް އެއްލާލީ ނޫން ކަމަށާއި ހިސާބު ފޮތް ކައިރީ އޮއްވަ އަތުން ޖެހި ވެއްޓުނީ ކަމަށެވެ. އޭނާ ވިދާޅުވީ އިސްލާމް ފޮތާއި ގުޅުވައި ދެއްކި ވާހަކައިގަވެސް އަސްލެއް ނެތް ކަމަށް އެ މިނިސްޓްރީން ބެލިބެލުމުން އެނގިފައިވާ ކަމަށެވެ.

ކްރިސްމަސް ޓްރީ ކުރެހިކަމަށް ބުނާ މައްސަލައިގަ އަހުމަދު ވިދާޅުވީ އެ ޓީޗަރު އެ ދަރިވަރުންނާއި ހަވާލު ކުރީ ބެންޔަން ޓްރީއެއް ހަދަން ކަމަށެވެ. ކްރިސ

ސްމަސް ޓްރީ ސިފަވާގޮތަށް ހެދީ އެކުދިން އަމިއްލައަށް ކަމަށް ވިދާޅުވި އެވެ.

މި މައްސަލައިގަ ކޮނޑޭ ސްކޫލްގެ ބެލެނިވެރިން މީޑިއާގައި ބުނެފައިވަނީ އެ ވާހަކަ މާ ބޮޑަށް ދައްކައި ބޮޑު މައްސަލައަކަށް ނުހެދުމަށް ސްކޫލް މެނޭޖްމެންޓުން ބެލެނިވެރިންގެ ކިބައިން އެދިފައިވާ ކަމަށެވެ.

އެ ޓީޗަރަކީ ކޮނޑޭ ސްކޫލްގައި12 އަހަރު މަސައްކަތް ކޮށްފައިވާ ޓީޗަރެއް ކަމަށް އެޑިއުކޭޝަނުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް