ދިވެހި ފިރިހެނަކު މާލެއިން ގެއްލިގެން ހޯދަން ފަށައިފި އެވެ.
ފުލުހުންގެ ވެބްސައިޓްގައި ފޮޓޯ ޖަހައި ހޯދަމުންދަނީ ދ. މީދޫ/ ނޫރާނީވިލާ، އަލީ އިސްމާއިލް 54އ އެވެ.
ވީނުވީއެއް ނޭނގި ގެއްލިގެން އެމީހާގެ އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މި މަހުގެ ދެވަނަ ދުވަހުގެ ވަގުތެއްގައި ކަމުގައި ފުލުހުން ހާމަކޮށްފައި ވެއެވެ.
ފުލުހުން ވިދާޅުވީ މިކަން ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، އަދި މިހާތަނަށް ކުރެވުނު މަސައްކަތުން އެމީހާ ހޯދިފައި ނުވާ ކަމުގައެެވެ.
މީގެ އިތުރުން ފުލުހުން ވަނީ އަލީ އިސްމާއިލާއި ގުޅޭ އެއްވެސް މަޢުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަަމަ ލަސްނުކުރައްވާ އެ މަޢުލޫމާތު ފުލުހުންނަށް ރިޕޯޓު ކުރުމަށް އެދިލައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް