ޒުވާނުން ތަމްރީނު ކުރުމަށް ވެމްކޯ އާއި ޔޫތް މިނިސްޓްރީ އެއްބަސްވެ، އެކަމުގެ ފަހުމުނާމައިގާ ސޮއި ކޮށްފި އެވެ.
ވެމްކޯ ގައި މއިަދު ބޭއްވި ރަސްމިއްޔާތެއްގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރ ހުސެއިން އިސްމާއީލް އެވެ. ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ އާދަމް މުހައްމަދެވެ.
ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ޒުވާނުން ތަމްރީނުކުރުމަށް ވެފައިވާ މި އެއްބަސްވުމުގެ ދަށުން ތަމްރީން ޕްރޮގްރާމުގައި ބައިވެރިވާން 29 ފުރުސަތު ހުޅުވާލުމަށް ނިންމާފައިވާ ކަމަށް ވެމްކޯ އިން ބުނެ އެެވެ.
ވެމްކޯ އިން ބުނީ ޒުވާނުން ތަމްރީނުވުމަށް ހުޅުވާލަނީ ވެލްޑަރ ތަމްރީނަށް 3 ސްލޮޓު، ކޭޝިއަރ ތަމްރީނަށް 10 ސްލޮޓު، ސްޓޯރ ކީޕަރ ތަމްރީނަށް 2 ސްލޮޓު، ޑްރައިވަރ/އޮޕަރޭޓަރ ތަމްރީނަށް 5 ސްލޮޓު އަދި މެރިން މެކޭނިކަކަށް 1 ސްލޮޓާއި އޮޓޯމޯޓިވް މެއިންޓަނަންސް މެކޭނިކަކަށް 3 ސްލޮޓް ކަމަށެވެ.
މި ތަމްރީނުގައި ބައިވެރިވާ ފަރާތްތަކަށް ކޮންމެ މަހަކު 5،000ރގެ އެލަވަންސެއް ދިނުމަށް ވެސް ނިންމާފައި ވެއެވެ.
ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މަސައްކަތު މާހައުލުގައި ތިބެގެން އެ ދާއިރާތަކުގެ ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ގައުމީ ފެންވަރުގައި ހުޅުވާލައިގެން މިނިސްޓްރީ އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ހިންގާ ޚާއްސަ ޕްރޮގްރާމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް