މަކަރާއި ހީލަތުގެ މައްސަލައެއްގައި ފުލުހުންގެ ތަހުގީގަށް މީހަކު ހޯދަން ފަށައިފިއެވެ.
ފުލުހުން މިއަދު ވިދާޅުވީ ރިކްޒު އާދަމް، ގދ. ތިނަދޫ / ފައިވްރޯސް (19އ) A358286 ހޯދަނީ ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވާ މަކަރާއި ހީލަތުގެ މައްސަލައެއްގައި ސުވާލު ކުރުމަށް ކަމަށެވެ.
އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައި ނުވާ ކަމަށާއި އާއިލާއަށްވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާ ކަމަށް ފުލުހުން ވިދާޅުވެ އެވެ.
ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް މި މަހުގެ 14 ވަނަ ދުވަހުގެ 12:00 އަށް ޝަހީދު ޙުސައިން އާދަމް ބިލްޑިންގ އަށް ހާޒިރު ވުމަށް އޭނާ އަށް އާންމުކޮށް އަންގާ އިއުލާނު ކުރާކަމުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް