ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަަޅަން ފެށި ވިނަރެސް ފްލެޓްތަކުގެ ބާކީ ހުރި ފްލެޓުތައް ވިއްކަނީ މާލޭގެ ރަަށްވެހިންނަށް ކަމަށް ޕްލޭނިންގ މިނިސްޓްރީން އެޗްޑީސީއަށް އަންގައިފި އެވެ.
ބާކީ ހުރި ފްލެޓްތައް ވިއްކަން ހުޅުވާލާ ތާރީޚެއް އެޗްޑީސީން އަދިހާމަކޮށްފައެއް ނުވެއެވެ.
އެޗްޑީސީން ބުނެފައިވަނީ ކޮވިޑް-19ގެ ބަލިމަޑުކަުމގެ ސަބަބުން މިހާތަނަށް ނިންމާލެވުނީ މިމަޝްރޫއުގެ 54 އިންސައްތަ މަސައްކަތް ކަމަށާއި ވިނަރެސްގެ މަޝްރޫއު ނިންމާލެވޭނީ އަންނަ އަހަރުގެ މެދުތެރެއަށް ކަމަށް ކޮންޓްރެކްޓަރުން އަންދާޒާކޮށްފައިވާ ކަމަށެވެ.
ހިޔާ މަޝްރޫއު އިން ފްލެޓް ދޫކޮށްލި 76 ފަރާތަކާއި ގުޅީފަޅުން ފްލެޓް ދޫކޮށްލި 91 ފަރާތެއް ވެސް ވިނަރެސްއިން ފްލެޓް ވިއްކަން ވަނީ ނިންމާފަ އެވެ. އަދި ސީލައިފުން ފްލެޓް ގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކާއި ދެމެދު ހެދިފައިވާ "ސެޓްލްމަންޓް އެގްރީމެންޓްގެ" ދަށުން އެޗްޑީސީން އެ ފައިސާ ރީފަންޑު ކޮށްދީފައިވާ ފަރާތްތަކަށް ވެސް ވިނަރެސް މަޝްރޫއުގެ ތެރެއިން ފްލެޓް ގަތުމަށް ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.
ފްލެޓްތައް ވިއްކަން ހުޅުވާލެވޭނީ ސީލައިފުން ފްލެޓް ނުލިބުނު މީހުންނަށް "އެލޮކޭޝަން" ހެދުމަށް ފަހު އެވެ.
ވިނަރެސް ފްލެޓްތަކަށް މަހު ކުލީގެ ގޮތުގައި -/17000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ބެލެވޭ އިރު، ރަސްމީކޮށް އެތަނުގެ ކުލި އިއުލާނެއް ނުކުރެ އެވެ.
ވިނަރެސް ފްލެޓުތަކުގައި ހުންނަނީ މެރީނާ ވިއު، އިނާ ވިއު، އައުޓަރ ވިއު އަދި ސްޓޭންޑަޑް ވިއު އެވެ. ވިނަރެސް ގައި 1344 ފްލެޓް ހުންނާނެ އެވެ. އެ ފްލެޓްތައް ބެހިފައިވަނީ 10 ޓަވަރަކަށެވެ.
ވިނަރެސް ފްލެޓުތަކަކީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި އަޅަން ފެށި ފްލެޓުތަކެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް