ރާއްޖޭގައި ބޭނުން ކުރަމުންދާ ފައިޒާ ވެކްސިންގެ މުއްދަތު ހަމަވާ ތާރީހު އިތުރު ކޮށްފި

ރާއްޖޭގައި ބޭނުން ކުރަމުންދާ ކޯވިޑް-19 ވެކްސިންގެ ތެރެއިން ފައިޒާ ވެކްސިންގެ މުއްދަތު ހަމަވާ ތާރީހު އިތުރުކޮށްފި އެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިކަން ހާމަ ކުރީ އަތޮޅު ތެރޭގައި ބޭނ...

08 Dec 2021 | 06:08

ރާއްޖޭގައި ބޭނުން ކުރަމުންދާ ކޯވިޑް-19 ވެކްސިންގެ ތެރެއިން ފައިޒާ ވެކްސިންގެ މުއްދަތު ހަމަވާ ތާރީހު އިތުރުކޮށްފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިކަން ހާމަ ކުރީ އަތޮޅު ތެރޭގައި ބޭނުން ކުރާ ފައިޒާ ވެކްސިން ފުޅީގައި ޖަހާފައިވާ މުއްދަތު ހަމަވާ ތާރީހު ފަހަނަ އަޅާ ގޮސްފައިވާތީ އާންމުންގެ ފަރާތުން ޝަކުވާ ކުރަން ފެށުމުންނެވެ.

އެޗްޕީއޭއިން ކުރިން ބުނެފައިވާ ގޮތުގައި މިދިޔަ އޮގަސްޓު މަހު ރާއްޖެ ގެނައި ވފައިޒާ ވެކްސިންގެ މުއްދަތު ނޮވެމްބަރު މަހު ހަމަވާނެ އެވެ.

އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު މިއަދު ވިދާޅުވީ ރާއްޖޭގައި މުއްދަތު ހަމަވެފައިވާ ވެކްސިނެއް ބޭނުން ކުރަމުން ނުދާ ކަމަށެވެ. އަދި ފުޅީގައި ޖަހާފައިވާ ތާރީހު ފަހަނަ އަޅާ ގޮސްފައިވާ ފައިޒާ ވެކްސިންތަކަކީވެސް މިހާރު މުއްދަތު ހަމަނުވާ ވެކްސިން ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ވެކްސިންތަކަށް އިތުރު ތިން މަހުގެ މުއްދަތު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އިތުރުކޮށްދީފަ ވާކަމަށެވެ.

ރާއްޖޭގައި މިހާރު ބޭނުން ކުރަމުންދަނީ ފައިޒާ ވެކްސިންގެ އިތުރުން ސިނޮފާމް އާއި އެސްޓްރަޒެނިކާ ވެކްސިނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް