މަސްވެރިންގެ ހައްޤުގައި ބޮޑުކަންނެލި މަސްވެރިން އިހުތިޖާޖަަކަށް ނިކުންނަން ނިންމައިފި އެވެ.
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީކޭއެމްޔޫ) އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ މަސްވެރިންނާއި މަސްވެރި އާއިލާތަކުގެ ހައްޤުގައި މަސްވެރިން ނުކުރި މަސައްކަތެއް އެހެން ބަޔަކު ނުކުރާނެ ކަމަށެވެ.
"10 ޑިސެމްބަރ ގައި މަސްވެރިންގެ ދުވަހު މަސްވެރިންގެ ހައްޤުގައި ބޮޑުކަންނެލި މަސްވެރިން ނިކުންނަނީ! އެންމެހާ މަސްވެރިން ބައިވެރިވުން އެދެން." ޓްވީޓުގައި ބުނެފައި ވެއެވެ.
https://twitter.com/FishermensUnion/status/1468030017867182081?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1468030017867182081%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fhurihaa.mv%2F9882
އެ ޖަމިއްޔާ އިން ބުނީ ބޮޑު ކަންނެލި އިންޑަސްޓްރީގެ ކަންބޮޑުވުންތައް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށާއި މިނިސްޓްރީއަށާއި މަޖިލީހަށް އަދި ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާފައިވާނޭ ކަަމަށެވެ. އެހެންނަމަވެސް އެކަންކަމަށް އެދެވޭ ހައްލެއް އައިސްފައި ނުވާކަން ފާހަގަކޮށްފައި ވެއެވެ.
މިއަހަރުގެ ޑިސެމްބަރ މަހު ދިހަ ވަނަ ދުވަހުގެ އިހުތިޖާޖަކީ ސަރުކާރަށް މިއަޑު އަނެއްކާ ވެސް އިއްވުމަށްޓަކައި ބާއްވާ އިހުތިޖާޖެއް ކަަމަށް ވެސް ބުންޏެވެ.
އެ ޖަމިއްޔާ އިން ބުނީ މި އިހްތިޖާޖު ފެށޭނީ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ހަވީރު މާލެ ސަރަހައްދުން ކަމަށާއި ކަންނެލި ދޯނިފަހަރުގައި މަސްވެރިން ތިބެގެން އަޑު އުފުލާނެ ކަމަށެވެ.
ބީކޭއެމްޔޫގެ މެންބަރުގެ ގޮތުގައި 100 ކަންނެލި ދޯނި ހިމެނެ އެވެ. މިހާތަނަށް އޭގެތެރެއިން 75 ވަރަކަށް ދޯނި މި އިހްތިޖާޖުގައި ބައިވެރިވާނެ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް