އިންޑިއާގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ ޗައިނާ ބަޔަކު ހައްޔަރުކޮށްފި އެވެ.
ޚަބަރުތައް ބުނާގޮތުން ހައްޔަރުކޮށްފައިވަނީ ފަސް މީހުން ނެވެ.
އިންޑިއާގެ ފުލުހުންނާ ހަވާލާދީ ނޫސްތަކުގައި އިތުރަށް ބުނެފައިވަނީ އެމީހުން ހައްޔަރުކުރީ ބޭރު ގައުމުތަކުގެ މީހުން އިންޑިއާއަށް އެތެރެވުމާ ބެހޭ ގާނޫނާ ޚިލާފަށް އެގައުމަށް އެތެރެވެފައިވާތީ އެވެ. އަދި ގާނޫނާ ޚިލާފަށް ގައުމުގައި ދިރިއުޅެމުން ދިއުމުގެ ތުހުމަތުގަ އެވެ.
ރިޕޯޓުތައް ބުނާ ގޮތުން މިއިން ބައެއް މީހުން ހޯދާފައިވަނީ އިންޑިއާގެ އާދާރްކާޑުން ނެވެ. އަދި އަނެއް ބަޔަކު ވަނީ ޓިބެޓްގެ ރެފިއުޖީންކަމަށް ހެދިގެން އުޅެފަ އެވެ. އެމީހުންގެ އަތުން ވަނީ ވަގު ޑޮކިއުމެންޓު ވެސް ހޯދާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް