ކައިވެންޏަށް ފަހު ވިކީއާ ކެޓްރީނާ ހަނީމޫނަކަށް ނުދޭ!

ބޮލީވުޑްގެ ތަރިން ކަމަށްވާ ވިކީ ކައުޝަލް އާއި ކެޓްރީނާ ކެއިފްގެ ކައިވެންޏަށް ފަހު ހަނީމޫންއަށް ނުދާނެ ކަމަށް ރިޕޯޓުތައް ބުނެފި އެވެ. ދެމީހުންގެ ކައިވެނީގެ ރަސްމިއްޔާތުތައް ވަރަށް ކުލަގަދަކޮށް ފެށިފައި...

08 Dec 2021 | 05:20

ބޮލީވުޑްގެ ތަރިން ކަމަށްވާ ވިކީ ކައުޝަލް އާއި ކެޓްރީނާ ކެއިފްގެ ކައިވެންޏަށް ފަހު ހަނީމޫންއަށް ނުދާނެ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ދެމީހުންގެ ކައިވެނީގެ ރަސްމިއްޔާތުތައް ވަރަށް ކުލަގަދަކޮށް ފެށިފައިވަނީ އިއްޔެ އެވެ. އިންޑިއާގެ ރާޖިސްތާނުގެ މަޝްހޫރު ހޮޓެލް ސިކް ސެންސަސް ފޯޓް ބަރްވަރާގައި

ބާއްވާ މި ކައިވެނި ކުރުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ.

ވިކީ އާއި ކެޓްރީނާގެ ކައިވެނީގެ ވާހަކައިން އިންޑިއާ ހުރިހާ އޮންލައިން ނޫސްތައް ފުރާލާފައިވާއިރު ކައިވެނި ކުރާ ކަމަށް އަދިވެސް ދެމީހުން އެއްބަސް ވެފައެއް ނުވެ އެވެ. އެކި ގޮތްގޮތުން ހޯދަމުންދާ މައުލޫމާތުތަކާއި ހަވާލާދީ ކުރިން ބުނެފައިވަނީ ދެމީހުން ހަނީމޫނަށް ދާ ކަމަށާއި

އެކަމަކު މަންޒިލް ކަށަވަރު ނުވާ ކަމަށެވެ.

އެކަމަކު މިހާރު ވަރަށް އިތުބާރު ހުރި ގޮތަކަށް އެނގިފައިވާގޮތުގައި ދެމީހުން ހަނީމޫނަކަށް ނުދާނެ އެވެ. ކައިވެންޏަށް ފަހު ހަނީމޫނަށް ނުދާން ނިންމީ ދެމީހުންގެ މަސައްކަތް ހުރި ގޮތުން ގިނަ ދުވަހު ޗުއްޓީ ނަގައިގެން ތިބެވެން ނެތިގެންނެވެ.

ކައިވެނި ކުރަން ނެގި ކުރު ޗުއްޓީއަށް ފަހު ވިކީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ދިނޭޝް ވިޖާންގެ ފިލްމުގެ މަސައްކަތެވެ. ކެޓްރީނާ ފެށުމަށް ހަމަޖެހިފައިވަނީ ޝްރީރާމް ރާގަވަން ޑައިރެކްޓު ކުރާ ފިލްމެއްގެ މަސައްކަތެވެ.

ދެމީހުން ކައިވެނި ވަރަށް ކުލަ ގަދަ ބޮޑު ހަފްލާތަކާއި އެކު ބާއްވާއިރު ކައިވެންޏަށް ތައްޔާރުވީ މަސައްކަތުގައި އުޅެމުން ވަގުތު ހޯދައިގެން ކަމަށްވެ އެވެ.

ވިކީ އާއި ކެޓްރީނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ އަޑު އަރަން ފެށީ2019 ވަނަ އަހަރު އެވެ. ކިތަންމެ ވަރަކަށް ސުވާލު ކުރިޔަސް މިހާތަނަށްވެސް ދެމީހުންގެ ގުޅުން ޔަގީން ކޮށްދީފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް