ރާއްޖޭގައި މިހާރު ކޯވިޑް ފެތުރެނީ12 ރަށެއްގައި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭއިން އެންމެ ފަހުން އާންމު ކުރި މައުލޫމާތުތަކުގައި ވާގޮތުން އެ12 ރަށަކީ ހަތް އަތޮޅަކަށް ނިސްބަތްވާ ރަށްތަކެކެވެ. އޭގެ ތެރެއިން އެންމެ ފަހުން ކޯވިޑް ކޮންޓްރޯލް ކުރުމަށް މޮނިޓަރިންގެ ހާލަތަށް ގެނައީ މިމަހުގެ ހަ ވަނަ ދުވަހު އދ. މާމިގިއްޔެވެ.
ދެން މޮނިޓަރިންގެ ހާލަތުގައި ހުރީ ށ. ކޮމަންޑޫ، ނ. ވެލިދޫ، މިލަދޫ، މ. މުލަށް، އދ. މަހިބަދޫ، ދ. ކުޑަހުވަދޫ އެވެ. ދެން މޮނިޓަރިންގެ ހާލަތުގައި އޮތީ އައްޑޫ ސިޓީގެ ފަސް ރަށެވެ.
މި ރަށްތަކުގެ ތެރެއިން އައްޑޫ ސިޓީގެ ރަށްތަކުގައި މިހާރުވެސް ކޯވިޑް ޖެހިފަ ތިބި204 މީހުން އެބަތިއްބެވެ. އޭގެ ތެރެއިން149 މީހުންނަކީ ހިތަދޫއިން ކޯވިޑަށް ޕޮސިޓިވްވި މީހުންނެވެ.
އެޗްޕީއޭގެ ތަފާސް ހިސާބު ދައްކާގޮތުން މިހާރު އެންމެ ބޮޑަށް ކޯވިޑް ފެތުރެނީ އަތޮޅު ތެރޭގައި އެވެ. މިދިޔަ ތިން ދުވަހު އަތތޮޅު ތެރެއިން ކޯވިޑް ޖެހުނު މީހުންގެ އަދަދު100 އިން މަތީގައި އުޅޭއިރު އިއްޔެވެސް102 މީހުންނަށް ކޯވިޑް ޖެހިފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް