ޕީޕީއެމް އިން "ކޮތަރު ކޮށި" ޖަލްސާ ބާއްވަން އުޅެނީ ހުއްދަ ނުހޯދައި: އެޗްޑީސީ

އިދިކޮޅު ކޯލިޝަން (ޕީޕީއެމް،ޕީއެންސީ) އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި "ކޮތަރު ކޮށީގެ" ނަމުގައި ޖަލްސާއެއް ބާއްވަން އުޅެނީ ހައުސިން ޑިވޮލްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ހުއްދަ ނުހޯދައި ކަމަށް އެ ކ...

08 Dec 2021 | 04:19

އިދިކޮޅު ކޯލިޝަން (ޕީޕީއެމް،ޕީއެންސީ) އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި "ކޮތަރު ކޮށީގެ" ނަމުގައި ޖަލްސާއެއް ބާއްވަން އުޅެނީ ހައުސިން ޑިވޮލްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ހުއްދަ ނުހޯދައި ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.

އިދިކޮޅު ކޯލިޝަނުން މި މަހުގެ 10 ވަނަ ދުވަހުގެ ރޭ ހަރަކާތެއް ބޭއްވުމަށް ރާވާފައި ވާކަމަށް މީޑިއާގައި ދަޢުރު ވަމުންދާ ޚަބަރާއި ގުޅޭގޮތުން އެޗްޑީސީން ނެރެފައިވާ ބަޔާނުގައި ވިދާޅުވީ، ހުޅުމާލޭގެ އެއްވެސް ސަރަހައްދެއްގައި އެއްވެސް ހަރަކާތެއް ބޭއްވޭނީ އެ ކޯޕަރޭޝަނަށް ލިޔުމުން ހުށަހަޅައިގެން ހުއްދަ ހޯދުމަށްފަހު އެ ކޯޕަރޭޝަނުން ކަނޑައަޅާ އުސޫލުތަކެއްގެ ތެރެއިން އެކަމަށް ހާއްސަ ކުރެވިފައިވާ ވަކި ސަރަހައްދެއްގައި ކަމަށެވެ.

ނަމަވެސް އިދިކޮޅުން ބޭއްވުމަށް ރާވަމުންދާ ހަރަކާތަކީ އެޗްޑީސީން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ހުއްދަ ނަގައިގެން ބޭއްވުމަށް ރާވަމުންދާހަރަކާތެއް ނޫން ކަމަށް އެޗްޑީސީން ހާމަކޮށްފައި ވެއެވެ.

މީގެ އިތުރުން،ހަރަކާތެއް ބޭއްވުމަށް އެޗްޑީސީގެ ހުއްދައަށް އެ ކޯލިޝަނުން އެދެފިނަމަ އެ ހުއްދަ ދޭނެ ކަމަށްވެސް އެޗްޑީސީން ހާމަކޮށްފައި ވެއެވެ. އަދި އެގޮތަށް އަމަލު ކުރުމަށް ހުރިހާ ފަރާތްތަކަށް ވެސް އިލްތިމާސް ކުރައްވާފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް