މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމާ ގުޅޭގޮތުން އިދިކޮޅު ކޯލީޝަނުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މިއަދު ބައްދަލުކޮށްފިއެވެ.
މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވީނަމަވެސް މި ބައްދަލުވުމުގައި ދެކެވުނު ވާހަކަތައް ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ހާމަކޮށްފައެއް ނުވެއެވެ. އިދިކޮޅު ކޯލީޝަނުން ބުނެފައިވަނީ ދެކެވުނީ "ކޮންފިޑެންޝަލް" ވާހަކަތަކެއް ކަމަށެވެ.
މި ބައްދަލުވުން ރައީސް އޮފީހުގައި ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހަވީރު 04:00 ހާއިރުގައެވެ.
ރައީސް ޔާމީން މިނިވަން ކުރުމަށް އިދިކޮޅު ކޯލީޝަނުން މިހާރު އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިއަދު ރައީސް ސޯލިހާއި ބައްދަލުކޮށްފައިވާއިރު ބޭރުގެ ބައެއް ފަރާތްތަކާވެސް އެ ކޯލީޝަނުން އަންނަނީ ބައްދަލުކުރަމުންނެވެ. އަދި އެ ކޯލީޝަންގެ ވަފްދެއް ބޭރަށްވެސް ގޮސްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް