ފޯނެއް ކުރަމުން ބަސް ދުއްވި ޑްރައިވަރެއްގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވާއިރު އެ ޑްރައިވަރު ހޯދައި އެ ޑްރައިވަރުގެ ލައިސަންސު ފުލުހުން ހިފަހައްޓައިފިއެވެ.
ހިފަހައްޓާފައިވަނީ އެއާޕޯޓާއި ހުޅުމާލެއާއި ދެމެދު ދަތުކުރާ އެމްޓީސީސީގެ ބަހެއްގެ ޑްރައިވަރެއްގެ ޑްރައިވިން ލައިސަންސެވެ.
ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއިން ފެންނަނީ ހަލިމަގު ސަރަހައްދުގައި ޓްރެފިކަށް ބަސް މަޑުކޮށްގެން އޮތް އިރު ފޯނާ ކުޅޭ މަންޒަރެވެ. އަދި ބަސް ނައްޓާލަމުން ފޯނު ކަންފަތުގައި ޖަހާ ވާހަކަދައްކާ މަންޒަރުވެސް ފެނެއެވެ. އެ ވީޑިއޯ ކުރި މީހާ ބުނިގޮތުގައި އެ ޑްރައިވަރު އޭގެ ކުރިން ނިދާފައިވެސް އިނެވެ. އެހެން މީހަކު ކޮއްޓާލުމުން ފޯނާ ކުޅެން ފަށައި ފޯނެއް ކުރީ ކަމަށްވެސް ބުނެފައިވެއެވެ.
ބަސް ދުއްވަމުން ފޯނު ބޭނުންކުރި މި ޑްރައިވަރުގެ ލައިސަންސް ހިފަހައްޓާފައިވާއިރު ހަލިމަގުގައި ހިނގި ނުރައްކާތެރި ހާދިސާއެއްގައި ބަހަކުން ޖެހި 13 އަހަރުގެ އަންހެން ކުއްޖަކު މަރުވެފައިވެއެވެ. އަދި ބަހެއްގެ ޑްރައިވަރަށް ނިދިޖެހިގެން ހިނގި އެކްސިޑެންޓެއްގައި މި އަހަރުގެ ކުރީކޮޅު ފަތުރުވެރިއަކުވސް މަރުވެފައިވެއެވެ.
https://twitter.com/PoliceMv/status/1203550565252370433
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް