"ޖަލަށް ދާން ޖެހިއްޖެއްޔާ މިހުރީ ދާގޮތަށް"

ޖަލަށް ދާން ޖެހިއްޖެއްޔާ ހުންނެވީ އެކަމަށްވެސް ތައްޔާރަށް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ދިވެހިރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައ...

08 Dec 2019 | 01:44

ޖަލަށް ދާން ޖެހިއްޖެއްޔާ ހުންނެވީ އެކަމަށްވެސް ތައްޔާރަށް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ދިވެހިރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހާއި ޕީއެސްއެމް ގުޅިގެން ކުރިއަށްގެންދާ "އާސްކްސްޕީކާ"ގެ ރޭގެ ސެސަންގައި މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

13 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރަނީ ކޮން އިރަކުތޯ އާއި ފަނޑިޔާރަކު ވަގަށްނެގި ކަމުގެ ދައުވާއަށް އަދަބު ލބެން ނުޖެހޭތޯ އާއި މި ނޫން ވެރިކަމެއްގަ އަލުން މި ދައުވާ ކުރެވިދާނެ ނޫންތޯ؟ ކުރެވުނު ސުވާލުގެ ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވީ އެއް ކަމަކަށް ދެ ފަހަރަކު ދައުވާ ކުރެވިދާނެހެން ހީ ނުވާ ކަމަށެވެ.

"އެއޮތީ ދައުވާ ކުރެވިފަ، ހުކުމްވެސް ހަމަ އެއީ ނިމިފަ، އަނެއްކާ އެއަށްފަހުން ސުޕްރީމް ކޯޓުން އަޅުގަނޑުގެ މައްޗަށް ހުކުމް ބަދަލު ކުރެވިފަ މިއޮތީ، ސައްހަ ނޫން ދައުވާއެއް ހުކުމެއް ކަމަށް" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެހެން ދައުރެއްގައި ވާނެގޮތެއް ދަންނަވަން ނޭނގޭ ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އަލުން އަނބުރާ (ޖަލަށް ދިއުމަކަށް) އެއްވެސް ހާލެއްގަ ނޭދޭ ކަމަށެވެ.  ދާން ޖެހޭ ތަނަކީ އެއީ ކަމަށްވިއްޔާ އެކަމާވެސް އުޅޭނީ ކަމުގައިވެސް ވިދާޅުވިއެވެ. އަދި މާދަމާ ދެން ވެގެންދާނެ ގޮތަކީ ކޮބައި ކަން އެނގި ނުލައްވާ ކަމަށާއި ކުރާންޖެހުނު ކަމެއް ވެއްޖެއްޔާ ހުންނެވީ ކުރާގޮތަށް ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް