ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ދިވެހިރާއްޖޭގެ ކުރީގެ ރައީސް އަނެއްކާވެސް ރައީސް ކަމަށް ކުރިމަތިލައްވަފާނެ ކަމުގެ އިޝާރާތެއް ކުރައްވައިފިއެވެ.
ރައީސް ނަޝީދު އެ އިސާރާތް ކުރެއްވީ ރައްޔިތުންގެ މަޖިލީހާއި ޕީއެސްއެމް ގުޅިގެން ރޭ ކުރިއަށްގެންދިޔަ "އާސްކް މަޖިލިސް" ސެޝަންގައި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
"ހިތަކަށް ނުވަދޭ އެހާ ބާރަކަށް ގޮސް ރިޔާސީ އިންތިހާބަށް ކުރިމަތިލާކަށް، އެހެން ނަމަވެސް އުމުރެއްވެސް މަދެއްނޫން، ސިޔާސީ ކަންކަމުން ދުރަށް ޖެހޭކަށްވެސް ގަސްތެއް ނުކުރަން" ރައީސް ނަޝީދު ވިދާޅުވިއެވެ.
2023ގައި ރައީސް ކަމަށް ކުރިމަތިލައްވަން ހިޔާލުފުޅުކުރައްވަންތޯ ކުރެވުނު ސުވާލުގެ ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަކީ އެއްވެސް އިރެއްގައި ރިޔާސީ ނިޒާމަށް ތާއީދުކުރާ މީހެއް ނޫން ކަމަށެވެ. މުޖްތަމައެއްގައި ހަމަޖެހުން ގެންނަން އަދި ގައުމެއް ހިންގަން ރިޔާސީ ނިޒާމަކީ ރަނގަޅު ނިޒާމެއް ނޫން ކަމަށް ވިދާޅުވިއެވެ.
އިތުރަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ އެކީގައި ކުރައްވަން ހުރި މަސައްކަތްތައް ވަރަށް ގިނަ ކަމަށާއި މިހާރުވެސް ވަރަށް ގިނަ މަސައްކަތް ކުރެވޭ ކަމަށެވެ. ކުރިއަށް އޮތްތަނުގައިެވސް ކުރެވޭނެ ކަމަށެވެ.
"އަޅުގަނޑު އަބަދުވެސް ރައީސް ސޯލިހަށް ތާއީދު ކުރާނަން، ރައީސް ސޯލިހްވެސް އަބަދުވެސް އަޅުގަނޑަށްވެސް ތާއީދުކުރައްވާނެ" ރައީސް ނަޝީދު ވިދާޅުވިއެވެ.
މި މައުލޫގައި ރައީސް ނަޝީދު އިތުރަށް ވިދާޅުވީ 2023ގައި ކާކުތޯ ކުރިމަތިލާނީ ކިހިނެއްކަމާމެދު އެއްބަސްވާގޮތަކަށް އެކަމެއް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް