އަފްގާންގައި ދައުވަތުދީގެން ހަތަރު އަންހެނަކު ގެއަކަށް ގެންގޮސް މަރާލައިފި

އަފްގާނިސްތާނުގެ އުތުރުގެ ސިޓީއެއް ކަމަށްވާ މަޒަރީ ޝަރިފްގައި ހަތަރު އަންހެނަކު މަރާލާފައި އޮއްވަ ފެނިއްޖެ އެވެ.Vi ew post މިކަން ތޯލިބާނުން ވަނީ ކަށަވަރުކޮށްދީފަ އެވެ. ތޯލިބާނުންގެ އިންޓީރިއާ މިނިސްޓ...

08 Nov 2021 | 02:38

އަފްގާނިސްތާނުގެ އުތުރުގެ ސިޓީއެއް ކަމަށްވާ މަޒަރީ ޝަރިފްގައި ހަތަރު އަންހެނަކު މަރާލާފައި އޮއްވަ ފެނިއްޖެ އެވެ.Vi ew post

މިކަން ތޯލިބާނުން ވަނީ ކަށަވަރުކޮށްދީފަ އެވެ. ތޯލިބާނުންގެ އިންޓީރިއާ މިނިސްޓްރީގެ ތަރުޖަމާނު ގާރީ ސައީދު ހޮސްތީ ވިދާޅުވީ މި މައްސަލައިގަ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި އެމީހުން އެ ހަތަރު އަންހެނުން މަރާލި ކަމަށް އެއްބަސްވެފައިވާ ކަމަށް ވިދާޅުވި އެވެ. މައްސަލައިގެ ތަހުގީގާއި ގުޅޭ މާގިނަ މައުލޫމާތު ހާމަނުކޮށް ސައީދު ވިދާޅުވީ އެ ހަތަރު އަންހެނުން މަރާލީ އެމީހުންނަށް ދައުވާތީގެން އެގެއަށް ގެންގޮސްފަ ކަމަށެވެ.

އެކަމަކު ދައުވަތުދީގެން އެގެއަށް ގެންދަން ޖެހުނު ސަބަބައެއް ހާމައެއް ނުކުރެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އެ ހަތަރު އަންހެނުންނަކީ ތޯލިބާނުން ވެރިކަމަށް އައުމުގެ ކުރިން މަޒަރީ ޝަރިފް ސިޓީގައި އިންސާނީ ހައްގުތަކާއި އަންހެނުންގެ ހައްގުތަކަށް ވަކާލާތުގައި މަސައްކަތް ކުރި ބައެކެވެ. އަދި އެއީ ހަތަރު އެކުވެރިން ކަމަށާއި ދެމީހުން މަސައްކަތް ކުރީވެސް އެ ތަނެއްގައި ކަމަށްވެ އެވެ.

މީގެ އިތުރުން އެ އަންހެނުންތައް ގެއަކަށް ގެންގޮސް މަރާލާފަ ވަނީ އެމީހުންގެ މަސައްކަތް ކުރުމަށް ތޯލިބާނުންގެ ވެރިކަމުގައި ހުރަސްތަކާއި ކުރިމަތިވާތީ ގައުމުދު ދޫކޮށް ދާން ތައްޔާރުވެގެން ތިއްބަ ކަމަށެވެ. އެމީހުން މަޑުކޮށްގެން ތިބީ އެމީހުން ފުރުމުގެ އިންތިޒާމް ހަމަޖައްސާފައިވާ ފަރާތުގެ ކޯލަކަށް ކަމަށާއި އެމީހުން ދިޔައީ ނުދަންނަ ނަމްބަރަކުން ގުޅައި އެއާޕޯޓަށް ގެންދާ ކާރު އެމީހުންގެ ގެއަށް ދިޔަކަން އެންގުމުން އެއަށް އަރައިގެން ކަމަށެވެ.

ދެން ލިބުނީ މަރާލާފައި ގެއެއްގެ ތެރޭގައި އެމީހުން އޮއްވަ ފެނުނު ވާހަކަ ކަމަށް ބުނެފައިވެ އެވެ.

ތޯލިބާނުން ވެރިކަމަށް އައިސް ބުނެފައިވަނީ އަފްގާން އެއްވެސް ރައްޔިތެއްގެ ކިބައިން ބަދަލު ނުހިފާނެ ކަމަށެވެ. އެކަމަކު ތޯލިބާނުންގެ ފަރާތުން ފެންނަނީ ދިމާ އިދިކޮޅު އަމަލު ކުރާތަނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް