އަަހަރީ ބާޒާރަށް ލިބެމުން އަންނަ ބޮޑު ތަރުހީބާއެކު ރެޑްވޭވްގެ ކަސްޓަމަރުންނަށް އިތުރު ފުރުސަތުތަކެއް

މިދިޔަ އަހަރެކޭވެސް އެއްގޮތަށް، އަހަރުގެ ފަހުކޮޅަށް އަމާޒުކުރެވިގެން ރެޑްވޭވް އަހަރީ ބާޒާރުގެ ނަމުގައި ފެށި ހާއްސަ ޕްރޮމޯޝަނަށް ކަސްޓަމަރުންގެ ބޮޑު ތަރުޚީބެއް ލިބިގެންދާކަމުގައި ރެޑްވޭވުން ބުނެފިއެވެ....

07 Nov 2019 | 19:59

މިދިޔަ އަހަރެކޭވެސް އެއްގޮތަށް، އަހަރުގެ ފަހުކޮޅަށް އަމާޒުކުރެވިގެން ރެޑްވޭވް އަހަރީ ބާޒާރުގެ ނަމުގައި ފެށި ހާއްސަ ޕްރޮމޯޝަނަށް ކަސްޓަމަރުންގެ ބޮޑު ތަރުޚީބެއް ލިބިގެންދާކަމުގައި ރެޑްވޭވުން ބުނެފިއެވެ.

"ވުމާއިއެކު ރެޑްވޭވުން ނިންމާފައިވަނީ އަހަރީ ބާޒާރުގެ ފަހު ދެމަހު، ކަސްޓަމަރުން އިތުރު އިނާމްތަކެއް ހޯދުމުގެ ފުރުސަތު ހުޅުވާލާށެވެ. 10 ނޮވެމްބަރ 2019 އިން ފެށިގެން 15 ޖެނުއަރީ 2020ގެ ނިޔަލަށް މިއޮފަރ ކުރިޔަށްދާނެއެވެ." މިއާއެކު ރެޑްވޭވުން ބުނެފައިއެވެ.

އެގޮތުން، މިއަންނަ އާދިއްތައިން ފެށިގެން، ކޮންމެ ހަފްތާއަކު، 200ރ އިން މަތީގެ ކޮންމެ ބިލެއް ހައްދަވާ ކަސްޓަމަރަކަށް ނަސީބު އަގުވަޒަންކުރުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމަށާއި މިޕްރޮމޯޝަންގެ ތެރޭ، ރެޑްވޭވްގެ "ހަފްތާސޭލް" ކުރިއަށްދިޔަ ފަދައިން، ކޮންމެ ހަފްތާއަކު ފައިސާގެ އިނާމް ހައްޤުވާ ތިންފަރާތެއް ހޮވުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން 1ވަނަ އަށް 5،000ރ، 2ވަނަ އަށް 3،000ރ އަދި 3ވަނަ އަށް 2،000ރ ދިނުމަށް ވަނީ ހަމަޖެހިފައިވާކަމުގައި ރެޑްވޭވުން ބުނެއެވެ.

ރެޑްވޭވުން މައުލޫމާޓުދެއްވާގޮތުގައި، މީގެ އިތުރުންވެސް ރެޑްވޭވް އަހަރީ ބާޒާރުގެ ތެރެއިން ރެޑްވޭވް އިން ކުރާ ކޮންމެ 500ރ ގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިވަޑައިގަންނަވާނެއެވެ. އެގޮތުން ގުރުއަތުން ހޮވޭ 5 ފަރާތަކަށް 10،000ރުފިޔާ ގުރުއަތުން ލިބިގެންދާނެއެވެ. އަދި ހަމަ މިއާއިއެކު، އިތުރު 10 ފަރާތަކަށް 10 އިނާމް ރެޑްވޭވަށް އިންޕޯޓުކުރަމުންދާ ފަރުނީޗަރ އަދި ބޮޑެތި އިލެކްޓްރޯނިކް އެޕްލައިންސް އިން ލިބިގެންދާނެއެވެ. އަދި މިއާއިއެކު ގިނަ އަދެދެއްގެ ސާމާނުވަނީ "ކްލިއަރެންސް ސޭލް" އަޅުވައި ވަރަށް ބޮޑަށް އަގު ހެޔޮކުރެވިފައެވެ.

އަހަރީ ބާޒާރުގެ ތެރޭގައި ގިނަ އަދަދެއްގެ ބްރޭންޑް ރެޑްވޭވުންދަނީ ތައާރަފްކުރަމުންނެވެ. އެގޮތުން ގަލަންޒް ބްރޭންޑްގެ އެއަރކޯން، މޮލްފިކްސް ބްރޭންޑުގެ ނެޕީ އަދި ތަފާތު އެކިވައްތަރުގެ އިލެކްޓްރޯނިކްސް އަދި ފަރުނީޗަރ ރެޑްވޭވުންވަނީ ތައާރަފްކޮށްފައެވެ. މީގެ އިތުރުންވެސް ރާއްޖޭގެ މާރކެޓުގައި ކަސްޓަމަރުންގެ އިތުބާރުލިބިފައިވާ ބްރޭންޑްތަކަކެއް ރާއްޖޭގެ މާރކެޓަށް، އަހަރީބާޒާރުގެ ތެރޭގައި ތައާރަފްކުރެވިގެންދާނެކަމުގައި ރެޑްވޭވުން މައުލޫމާތުދެއްވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް