ފުރިހަމަ ޑޭޓާ އެލަވަންސްތަކާއި ޚާއްސަ ފައިދާތަކާއި އެކު ، މުޅިން އައު ޑޭޓާ ޕްލޭންތަކެއް އުރީދޫން ތައާރަފް ކޮށްފި

ފުރިހަމަ ޑޭޓާ އެލަވަންސްތަކާއި ޚާއްސަ ފައިދާތަކާއި އެކު، މުޅިން އައު ޑޭޓާ ޕްލޭންތަކެއް ތައާރަފްކޮށް، ރާއްޖޭގެ އެންމެ ހަލުވި 4ޖީ ނެޓްވަރކުގައި މޮބައިލް އިންޓަނެޓް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުމަށ...

07 Nov 2019 | 19:45

ފުރިހަމަ ޑޭޓާ އެލަވަންސްތަކާއި ޚާއްސަ ފައިދާތަކާއި އެކު، މުޅިން އައު ޑޭޓާ ޕްލޭންތަކެއް ތައާރަފްކޮށް، ރާއްޖޭގެ އެންމެ ހަލުވި 4ޖީ ނެޓްވަރކުގައި މޮބައިލް އިންޓަނެޓް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުމަށް އުރީދޫ އިން އިތުރު ފުރުސަތުތަކެއް ހުޅުވާލައިފިއެވެ.

"އުރީދޫގެ މޮބައިލް އިންޓަނެޓް ބޭނުންކުރާ ކޮންމެ ބޭފުޅެއްވެސް ހިތްހަމަޖެހޭފަދަ، ހިތްގައިމު ތަޖުރިބާއެއް ފޯރުކޮށްދިނުމަށް، ފެށުނީއްސުރެ އަޅުގަނޑުމެން ޚާއްސަ އިސްކަމެއްދެން. މިއީ، ދިވެހިންގެ ތެރެއިން އެންމެ ގިނަ ބޭފުޅުން މޮބައިލް އިންޓަނެޓްގެ ޚިދުމަތް ހޯއްދަވާ ނެޓްވަރކްއަށް އުރީދޫވުމުގެ ފަހަތުގައިވާ އެންމެ މުހިއްމު ސަބަބުކަމަށް އަޅުގަނޑު ގަބޫލުކުރަން. އެއްދުވަހުން އަނެއް ދުވަހަށް ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް ކުރާ މަސައްކަތުގެ ދަށުން، މިއަދު މި ތައާރަފްކުރެވިގެންދަނީ ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް އެކަށޭނެގޮތަށް ފަރުމާކޮށްފައިވާ މުޅީން އައު ޑޭޓާ ޕްލޭންތަކެއް." އުރީދޫގެ މެނޭޖިންގ ޑައިރެކްޓަރ އަދި ސީއީއޯ، ނަޖީބް ޚާން ވިދާޅުވިއެވެ.

މަންތްލީ، ވީކްލީ އަދި ޑެއިލީ ޑޭޓާ ހިމެނޭގޮތަށް އަލަށް ތައާރަފްކޮށްފައިވާ ޕްލޭންތަކުގެ މައުލޫމާތު ވަނީ އުރީދޫ މޯލްޑިވްސްގެ ވެބްސައިޓުގައި ހިއްސާކުރަށްވާފައެވެ: www.ooredoo.mv/data

އެންމެ ފުރިހަމަ އަދި އެންމެ ބޮޑު ޑޭޓާ އެލަވަންސްތައް އެކުލެވޭ އުރީދޫގެ މޮބައިލް ޑޭޓާ ޕެކޭޖުތަކަށް ވަނީ ރާއްޖޭގެ ރައްޔިތުންގެ ވަރަށްބޮޑު މަގުބޫލުކަމެއް ލިބިފައެވެ. މި ޑޭޓާ ޕެކޭޖްތައް ފަރުމާކުރެވިފައިވަނީ، ކޮންމެ ކަސްޓަމަރެއްގެވެސް ތަފާތު ބޭނުންތަކަށް އެކަށޭނެ ގޮތަށެވެ. ހަމައެހެންމެ، އުރީދޫ އެޕްގައި ހިމަނާފައިވާ މަގޭ ޕްލޭން ޚިދުމަތް މެދުވެރިކޮށް، ކަސްޓަމަރުން ބޭނުންވާގޮތަށް އެލަވަންސް، ފްރީ މިނިޓް އަދި މުއްދަތު ޚިޔާރުކޮށްގެން، އަމިއްލަ އަށް ޕްލޭންތައްވެސް ފަރުމާކުރެވޭނެއެވެ.

އުރީދޫގެ އައު ޑޭޓާ ޕޯޓްފޯލިއޯ އަދި ތަފާތު އިތުރު ޙިދުމަތްތަކާއި ބެހޭ މައުލޫމާތު ހޯއްދެވުމަށް، www.ooredoo.mv އަށް ޒިޔާރަތްކުރައްވާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް