ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓުތައް ފްރީޒް ކުރި މައްސަލައިގަ ސުޕްރީމް ކޯޓުން ކުރި ހުކުމުން އެނގިގެން ދަނީ އެމަނިކުފާނުގެ މައްޗަށް އުފުލީ ސިޔާސީ ދައުވާތަކެއްކަން ކަމަށް ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އެ މައްސަލައިގަ މިއަދު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ޔާމީންގެ އެކައުންޓުތައް ފްރީޒް ކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރަކީ ގާނޫނާއި ހިލާފު އަމުރެއް ކަމަށެވެ.
މި ހުކުމާއި ގުޅިގެން އަދުރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޯޓުގެ ނިންމުމުން އެނގިގެން ދަނީ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލީ ސިޔާސީ ދައުވާތަކެއް ކަމަށެވެ. އަދި ޔާމީން ވަގުތުން ދޫކޮށްލަން ސަރުކާރަށް ގޮވާލާކަމަށް ވިދާޅުވި އެވެ.
https://twitter.com/Banafsaa/status/1314126808699158529
ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ ޔާމީންގެ އެކައުންޓްތައް ޕްރީޒް ކުރަން ކްރިމިނަލް ކޯޓުގައި އެދުނީ އެސްކްރޯ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ މުއާމަލާތާ ގުޅިގެން ކަމަށެވެ. އެހެން ކަމުން އިސްލާމިކް ބޭންކުގައި އޮތް އަށް އެކައުންޓާ އެ މުއާމަލާތްތަކާ ގުޅުމެއް އޮތް ކަމަށް ދައުލަތަށް ކޯޓުގައި ސާބިތު ކޮށްދެވިފައި ނުވާ ކަމަށެވެ.
މަނީލޯންޑަރުންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ރައީސް ޔާމީން ވަނީ ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް