ފޮޓޯ: ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 324 ކިލޯގެ މަސްތުވާތަކެތި ނައްތާލުން

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުރި 324 ކިލޯގްރާމްގެ މަސްތުވާތަކެތި ނައްތާލައިފި އެވެ. މި ތަކެތި ނައްތާލާފައިވަނީ ދޫނިދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެވެ. މިއަދ...

08 Oct 2020 | 08:16

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުރި 324 ކިލޯގްރާމްގެ މަސްތުވާތަކެތި ނައްތާލައިފި އެވެ.

މި ތަކެތި ނައްތާލާފައިވަނީ ދޫނިދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެވެ. މިއަދު ނައްތާލި މަސްތުވާތަކެއްޗަކީ މިއަހަރުގެ ޖޫންގެ ނިޔަލަށް އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ހުރި މަސްތުވާތަކެއްޗެވެ.

މިއަދު ނައްތާލި މަސްތުވާތަކެތީގެ ތެރޭގައި ހިިމެނެނީ 108.81 ކިލޯގްރާމްގެ ހެރޮއިންއާއި 158.8 ކިލޯގްރާމްގެ ކެނަބިސް އާއި 39.04 ކިލޯގްރާމްގެ މެޓަމްފެޓަމިން ރެސިމޭޓް އާއި 14.9 ކިލޯގްރާމްގެ ކޮކެއިން އާއި 1.7 ކިލޯގްރާމްގެ އެމް.ޑީ.އެމް.އޭއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް