އެކި މައްސަލަތަކާއި ގުޅިގެން މާމިނގިލި ޕޮލިސްޓޭޝަން ބެލުމުގެ ދަށަށް ގެނެސްފައިވާ ގިނަ އަދަދެއްގެ ބަނގުރާ އިއްޔެ ނައްތާލައިފި އެވެ.
ފުލުހުން ވިދާޅުވި ގޮތުގައި ނައްތާލައިފައި ވަނީ 395 މައްސަލާގައި ހިމެނޭ 809 ފުޅި ބަނގުރަލާއި 405 ބިއަރ ދަޅެވެ.
ފުލުހުން މައުލޫމާތުދޭ ގޮތުގައި މި ތަކެއްޗަކީ ޖެނުއަރީ އެއް ވަނަ ދުވަހުން ފެށިގެން މިދިޔަ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް އެކި ދުވަސް މަތިން ވިލާ އިންޓަނޭޝަނަލް އެއަރޕޯޓް އަށް ފުރަން ދިޔަ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެއްޗެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް