މާލޭގައި ހުރި ކެމިކަލް ގުދަންތައް ބަލައި ފާސްކުރުމުގެ މަސަތްކަތް ނިމިފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ މާލޭގައި ހުރި ކެމިކަލް ގުދަންތައް ބަލައި ފާސްކުރުމުގެ މަސަތްކަތް ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
އެގޮތުން ގުދަންތައް ބަލައި ފާސްކުރުމުގައި ފާހަގަވި ކަންކަމާ ގުޅޭގޮތުން ކަމާގުޅޭ ފަރާތްތަކާއި މީހާރު މަޝްވަރާކުރަމުންދާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.
މާލޭގައި މިދިޔަ މަހުގައި ވަނީ ނުރައްކާތެރި އަލިފާނުގެ ޙާދިސާ އެއް ހިނގައި ހަތަރު ގުދަނެއް އަނދާފައެވެ.
މި ހާދިސާއަށްފަހު ކެމިކަލް ގުދަންތައް މީހުން ދިރިއުޅޭ ސަރަޙައްދުގައި ހުރި މިންވަރު ދެނެގަނެ، އެތަންތަނުގެ ރައްކާތެރިކަން ހުރި މިންވަރު ބަލާ ފާސްކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް