ކޮރަޕްޝަން ހާމަކުރާ ފަރާތްތަކަށް ރައްކާތެރިކަން ދޭ ބިލު ފާސްކޮށްފި

ކޮރަޕްޝަންގެ މައްސަލަތައް ހާމަ ކުރާ ފަރާތްތަކަށް ރައްކާތެރިކަން ފޯރު ކޮށްދިނުމަށްޓަކައި މަޖިލީހަށް ހުށަހެޅި "ވިސްލް ބްލޯ" ބިލް މިއަދު ރައްޔިތުން މަޖިލީހުގެ ޖަލްސާއިން ފާސްކޮށްފިއެވެ. ރައްޔިތުން މަޖިލީ...

08 Oct 2019 | 09:56

ކޮރަޕްޝަންގެ މައްސަލަތައް ހާމަ ކުރާ ފަރާތްތަކަށް ރައްކާތެރިކަން ފޯރު ކޮށްދިނުމަށްޓަކައި މަޖިލީހަށް ހުށަހެޅި "ވިސްލް ބްލޯ" ބިލް މިއަދު ރައްޔިތުން މަޖިލީހުގެ ޖަލްސާއިން ފާސްކޮށްފިއެވެ.

ރައްޔިތުން މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ މަޖިލީހަށް ހުށަހެޅުއްވި އެ ބިލް މަޖިލީހުން ފާސްކުރީ 70 މެންބަރުންގެ ވޯޓާއި އެކުގައެވެ.

ވިސްލްބްލޯ ކުރެވިދާނެ ފަރާތްތަކެއް ކަމަށް ބިލުގައި ބުނެފައިވަނީ ދައުލަތުގެ ފަރާތެއްގެ މުވައްޒަފެއް ނުވަތަ އަމިއްލަ ފަރާތެއްގެ މުވައްޒަފެއް ނުވަތަ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ހައސިއްޔަތު ލިބިފައިވާ ގާނޫނީ އެއްވެސް ޝަހުސެކެވެ.

ކޮރަޕްޝަނުގެ މައްސަލަތައް އާންމުކުރާ ފަރާތްތަކަށް ގާނޫނީ ގޮތުން ގިނަ ހިމާޔަތްތަކެއް ލިބިދެވޭ ގޮތަށް ބިލު ވަނީ ފަރުމާކޮށްފައެވެ. އެގޮތުން މައުލޫމާތު ހާމަ ކޮށްގެން ވަޒީއިން ވަކި ކުރުމާއި ޒިންމާއިން އެކަހެރި ކުރުމާއި ގެއްލުންދިނުމާއި ބިރު ދެއްކުން ފަދަ ކަންކަން ނުކުރެވޭނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.

މައުލޫމާތު ހާމަކުރާ ފަރާތްތަކުގެ ވަނަވަރު ސިއްރު ކުރުމަށްވެސް ބިލުގައި ވަނީ ބުނެފައެވެ. އެގޮތުން ނަމާއި އެޑްރެސް އުމުރު އަދި އާއިލާއާ ބެހޭ މައުލޫމާތު ސިއްރުކޮށްފައި ބާއްވަން ޖެހޭނެ ކަމަށް ބިލުގައި ބުނެފައިވެއެވެ. ވިސްލްބްލޯ ކުރާ ފަރާތުން ދޭ މައުލޫމާތަކީ އެފަރާތުން އެކަން ހިނގިކަން ސާބޮތުކޮށްދޭން ޖެހޭނެ ކަމެއް ނޫން ކަމަށްވެސް ބިލުގައި ވަނީ ބުނެފަ އެވެ.

ވިސްލްބްލޯ ކުރަން އުޅެގެން ނުވަތަ ކޮށްގެން އެކަން ހުއްޓުވަން ނުވަތަ އިންޒާރުދީ ހެދުމަކީ ގާނޫނީ ކުށެއްގެ ގޮތުގައި ބިލުގައި ވަނީ ހިމަނާފަ އެވެ. އެ ކުށުގެ އަދަބަކީ ފަސް އަހަރާއި ހަ މަސް ދުވަހާއި ދެމެދުގެ ޖަލު ހުކުމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް