އިންފޮމޭޝަން ކޮމިޝަނަރަށް އައްޔަން ކުރަން ތިން ބޭފުޅެއްގެ ނަން ތަޅުމަށް ފޮނުވައިފި

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރެއްވުމަށް ތިން ބޭފުޅެއްގެ ނަން ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން މަޖިލީހުގެ ތަޅުމަށް ފޮނުވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އިސ...

08 Oct 2019 | 09:39

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރެއްވުމަށް ތިން ބޭފުޅެއްގެ ނަން ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން މަޖިލީހުގެ ތަޅުމަށް ފޮނުވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިސްކަން ދެއްވި ތަރުތީބު:

-1ހުސެއިން ފިޔާޒް މޫސާ، އަތަމާގެ ތ. ވިލުފުށި

2- އަހުމަދު ފަޔާޒް ހަސަން، މ. ހަޒާރީވިލާ

3- އަހުމަދު އާހިދު ރަޝީދު، ހ. ގުރުވަ

4- ފާތުމަތު ސައުޝަން، މ. ވެންކޫވަ

މި ބޭފުޅުންގެ ތެރެއިން ސައުޝަން ނޫން ދެން ތިއްބެވި ތިން ބޭފުޅުންގެ ނަން މަޖިލީހުގެ ތަޅުމަށް ކޮމެޓީން ވަނީ ފޮނުވާފައެވެ. ނަން ފޮނުވުމުގެ ކުރިން ހަތަރު ބޭފުޅުންނާއި ވެސް ކޮމެޓީން އިއްޔެ ވަނީ އިންޓަވިއު ކޮށްފައެވެ.

އިންފޮމޭޝަން ކޮމިޝަނަރަކީ މީގެ ފަސް އަހަރު ކުރިން ފާސްކުރި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މަގާމެކެވެ. އެ މަގާމުގައި ކުރިން ހުންނެވީ އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް