މިދިޔަ މަހުގެ 27 ވަނަ ދުވަހު މެލޭޝިއާގެ އަވަށެއްގައި މުސްލިމް ފިރިހެނަކު އޭނާގެ ދެ ލޯބިވެރިންގެ ތެރެއިން ކައިވެނިކުރާނެ މީހެއް ނޭގުމުން ދެ މީހުންނާ އެއްފަހަރާ ކައިވެނިކޮށްފިއެވެ.
މިކައިވެނީގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައި ވަނީ އޭނާގެ އާއިލާގެ މެމްބަރެކެވެ.
މެލޭޝިއާގެ މި ފިރިހެން މީހާ ރައްޓެހިވި ފުރަތަމަ އަންހެން ކުއްޖާއާއި އެތައް ދުވަހަކު އެކުގާ އުޅުމަށްފަހު، ދެވަނަ އަންހެންކުއްޖާ އާއި ރައްޓެހިވި ނަމަވެސް ދެ އަންހެން ކުދިންދެކެ ވެސް އެއްވަރަކަށް ލޯބިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.
އެހެންކަމުން ކައިވެނި ކުރާނެ މީހެއް ނޭންގުމުން އޭނާ ވަނީ ދެ މީހުންނާ އެއްފަހަރާ ކައިވެނިކޮށްފައެވެ. ކައިވެނި ޕާޓީގެ ފޮޓޯވެސް އޭނާ ނަގާފައި ވަނީ ދެއަނބިންނާ އެކީގައެވެ.
އިސްލާމްދީނުގައި ކޮންމެ ފިރިހެނަކަށްވެސް ހަތަރު އަނބިން ހުއްދަވާ އިރު މީ މައްސަލެއް ކަމުގައި މީހުން ނުދެކެއެވެ. ހަމައެހެންމެ ފޮޓޯ އިން ފިރިހެން މީހާގެ މޫނު މަތިން ވެސް ފެއްނަނީ އުފާވެރި މަންޒަރެކެވެ. އަދި ދެއަނބިން ވެސް އެކަމާ ހިތްހަމަނުޖެހިގެން އުޅޭ ކަމުގެ އެއްވެސް ނިޝާނެއް ނުފެންނަ ކަމަށް އޭނާ ވަނީ ބުނެފައެވެ.
ނަމަވެސް އާންމުވެފައިވާ ފޮޓޯތަކުން ފެންނަގޮތުގައި ދެ އަންހެނުންގެ މޫނު މަތިން އުފާވެރި ކުލަވަރެއް ނުފެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް