މާބައިދޫ ކައުންސިލަރެއް ކުޑަކުދިންތަކަކަށާއި މައިދައިތައަށް ޖިންސީ ގޯނާކުރި މައްސަލަތަކެއް ބަލަނީ

ލ. މާބައިދޫ ކައުންސިލަރެއް ކުޑަކުދިންތަކަކަށާއި، މައިދައިތައަށް ގަދަކަމުން ޖިންސީ ގޯނާ ކުރި މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއިން ދިރާސާ ކުރަން ފަށައިފިއެވެ. ...

08 Oct 2019 | 09:16

ލ. މާބައިދޫ ކައުންސިލަރެއް ކުޑަކުދިންތަކަކަށާއި، މައިދައިތައަށް ގަދަކަމުން ޖިންސީ ގޯނާ ކުރި މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއިން ދިރާސާ ކުރަން ފަށައިފިއެވެ.

މިއަދު ބޭއްވި ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ 30 ވަނަ ބައްދަލުވުމުގައި، އެ ކޮމިޓީގެ މުގައްރިރު ޖީހާން މަހުމޫދު ވިދާޅުވީ، މާބައިދޫ ކައުންސިލަރެއް ކަމަށްވާ އަބްދުﷲ ރަޝީދުގެ މައްޗަށް ތުހުމަތު ކުރެވޭ ކުޑަ ކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތާއި، އޭނާގެ މައިދައިތައަށް ގަދަ ކަމުން ޖިންސީ އަމަލު ހިންގަން އުޅުނުކަމަށް ބުނި މައްސަލައެއް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ހުށަހަޅާފައިވާ ކަމަށާއި، އެ މައްސަލަ ދިރާސާ ކުރުމަށް އެ ކޮމިޓީއަށް ފޮނުވާފައިވާ ކަމަށެވެ.

މި މައްސަލަ މިހާރު ފުލުހުންވެސް ތަހުޤީޤު ކުރަމުން އަންނަކަމަށް މުގައްރިރު ޖީހާން މަހުމޫދު ވަނީ ވިދާޅުވެފައެވެ.

އެމައްސަލަ ދިރާސާ ކުރުމުގެ ކުރިން މައްސަލައިގެ އިތުރު މައުލޫމާތު ހޯދުމަށް ހިއުމަން ރައިޓްސް ކޮމިޝަނާއި ޖެންޑަރ މިނިސްޓްރީ އަށް ސިޓީއެއް ފޮނުވުމަށް ކޮމިޓީން ވަނީ ނިންމާފައެވެ. ތިން ދުވަހުގެ ތެރޭގައި ޖަވާބު ފޮނުވައި ދިނުމަށް ވެސް އެ ސިޓީގައި އެދޭނެ ކަމަށް އެކޮމިޓީން ވަނީ ބުނެފައެވެ.

މީގެ އިތުރުން، އެފަދަ ތުހުމަތުތަކެއް ކުރެވޭ ފަރާތެއް މަގާމުގެ ޒިންމާތަކާއި މަސްއޫލިއްޔަތުން ބަރީއަ ކޮށްފައިވޭތޯ ބެލުމަށް އެލްޖީއޭގެ ފަރާތުން ސާފުކުރުމަށް ވެސް ކޮމިޓީއިން ވަނީ ނިންމާފައެވެ.

އަބްދުﷲ ރަޝީދު ޖިންސީ ގޯނާ ކުރާކަމުގެ ތުހުމަތުތައް ކުރެވޭތާ އެތައް ދުވަހެއްވެފައިވާއިރު، އެކަމަށް ފިޔަވަޅެއް އަޅާފައި ނުވާތީ އާމުންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް