ޒަމާނާއެކު އައި ތަރައްގީއާއެކު ދިވެހީންގެ ދިރިއުޅުމަށް އައި ހެޔޮ ބަދަލުތަކުގެ ތެރެއިން މިވެސް އެއް ހެޔޮ ބަދަލެވެ. ގޭގައި ހުރެގެން ބޭނުން އެއްޗެއް ފަސޭހައިން ގަނެލެވޭ ކަމެވެ. ގަންނަ ސާމާނު ގޭދޮށަށް ޑެލިވަރީ ކޮށްލަދޭ ކަމެވެ.
މިއީ ރާޅު އަންނައުނަށް ލޯބިކުރާ ފަރާތްތަކަށް ހާއްސަ ފިހާރައެކެވެ. ކ. ދިއްފުށީގައި ހުންނަ ފާސްޓްބޫޓް ސްޓޯރުން ހިދުމަތް ދެނީ ހަމަ އެކަނި ދިއްފުށީގެ ކަސްޓަމަރުންނަށް އެކަންޏެއް ނޫނެވެ. އޯޑަރު ކޮށްލުމުން ފުރަމާލޭގެ ގޭދޮށަށްވެސް "ނެކްސްޓް ޑޭ ޑެލިވަރީ" ކޮށްދެއެވެ.
ޗާލު ގިނަ ޑިޒައިންތަކުގެ ރާޅު ފައިވާނާއި، ރާޅު ސޯޓާއި، ރާޅު ޓީޝާޓާއި ރާޅު ތޮފީގެ އިތުރުން ނަން ހުސްކޮށް ރާޅު އަންނައުނު އޮންލައިންކޮށް، ފާސްޓްބޫޓްސްޓޯރގެ ފޭސްބުކް ޕޭޖުން ބަލައިލާ، ބޭނުން ޗޮއިސެއް ހިޔާރުކޮށްލެވިދާނެއެވެ. އަދި އެއަށްފަހު އެ ޗޮއިސް ފާސްޓްބޫޓްސްޓޯރގެ މޯބައިލް ނަމްބަރު 7559555 އަށް މެސެޖުކޮށްލުމުން ނުވަތަ ފާސްޓްބޫޓްސްޓޯރގެ ފޭސްބުކް ޕޭޖަށް މެސެޖުކޮށްލުމުން މާލެ އަދި ހުޅުމާލެއަށް، ގޭދޮށަށް "ނެކްސްޑް ޑޭ ޑެލިވަރީ" ކޮށްދޭނެއެވެ. އަދި އެންމެ ސަޅި ކަމަކީ "ކޭޝް އޮން ޑެލިވަރީ"ގެ ހިދުމަތާއެކު ޑެލިވަރ ކޮށްދޭ ކަމެވެ. އޯޑަރުކުރި ސާމާނު އަތަށް އެރުމުން ޕޭ ކޮށްލުމުގެ ފުރުސަތު އޮންނަ ކަމެވެ.
ފާސްޓްބޫޓްސްޓޯރގެ އިން ހަމަ އެކަނި މުދާ ރީޓެއިލް ކުރަނީކީ ނޫނެވެ. ހޯލްސޭލްވެސް ކުރެއެވެ. ހޯލްސޭލް ކަސްޓަމަރުންނަށްވެސް ފަސޭހަ ވާނޭހެން "ކްލިއަރަންސްއެމްވީ" ގެ ނަމުގައި އެކަމަށް ހާއްސަ ޕޭޖެއް އަންނަނީ ފޭސްބުކްގައި ހިންގަމުންނެވެ. ބަލްކްކޮށް، ހޯލްސޭލްކޮށް މުދާ ބައްލައިގަތުމަށް ކެޓަލޮގެއްގެ ގޮތުގައި އެ ޕޭޖް ހިޔާރު ކުރެވިދާނެއެވެ.
ފާސްޓްބޫޓްސްޓޯރުން ކަސްޓަމަރުންނަށް ދޭ ޔަގީންކަމަކީ ކޮލިޓީ ބްރޭންޑްތަކުގެ ރާޅު އަންނައުނު ހެޔޮ އަގުގައި އަބަދުވެސް ކަސްޓަމަރުންނަށް ފޯރުކޮށްދޭނެ ކަމެވެ.
މި ހަބަރާއެކު ދުވަހުގެ ކިޔުންތެރިންނަށްވެސް އުފާވެރި ހަބަރެއް އެބަ އޮތެވެ. އެއީ މި ޕޯސްޓް ފޭސްބުކްގައި ޝެއަރ ކުރައްވައިގެން ފާސްޓްބޫޓްސްޓޯރގެ ހާއްސަ ހަދިޔާއެއް ލިބިލެއްވުމުގެ ފުރުސަތު އޮތްކަމުގެ ހަބަރެވެ.
[contentcards url="https://web.facebook.com/fastbootstore"]
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް