ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހޮނިހިރު ދުވަހުގެ ރޭ އަތުލައިގަތް 150 ކިލޯގެ މަސްތުވާތަކެތީގެ އަގު 59.2 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ޕޮލިސް ކޮމިޝަނަރ މިއަދު ކުރެއްވި ޓްވީޓެއްގައި، މަސްތުވާތަކެތި އަތުލައިގަތުމަށް ހިންގި އޮޕަރޭޝަން ކާމިޔާބު ކަމާއި އެކު ނިންމާލެވުމާއި ގުޅިގެން ޑީޑީޑީ، ޑްރަގް އިންޓެލިޖެންސް، މެރިން ޕޮލިސް އަދި ކޯސްޓްގާޑްގެ ސިފައިންނަށް ވަނީ މަރުހަބާ ދަންނަވާފައެވެ.
https://twitter.com/M_Hameedh/status/1181426108924923905
150 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައި ވަނީ ޕާކިސްތާނުން ފުރައިގެން ދަތުރުކުރި ބޯޓަކުން ކަމަށެވެ. މި ބޯޓުގެ މައުލޫމާތު މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު އިންޑިއާގެ އޮފިޝަލުންނަށް ވަނީ ލިބިފައެވެ. ބޯޓު ހިފެހެއްޓިއިރު އޮތީ ކެރެލާގެ 500 މޭލު ބޭރުގައެވެ.
އިންޑިއާގެ އޮފިޝަލަކު ބުނިގޮތުގައި، އެ ބޯޓަށް އިރުޝާދު ދެމުން ދިޔައީ ޕާކިސްތާނުން ކަމަށާއި، ބޯޓު ދަތުރު ކުރަމުން ދިޔައީ ކޮން ތަނަކަށް ކަން އެނގިފައިނުވާ ކަމަށެވެ. އިންޑިއާއިން ދެމުން ދިޔަ އިރުޝާދު ތަކާއި އެއްގޮތަށް އެ ބޯޓު ހިފެހެއްޓުމަށް ލަންކާ އާއި ރާއްޖޭގެ ކޯސްޓުގާޑުން ވަނީ އެހީވެފަ އެވެ.
އެ ބޯޓުން މަސްތުވާތަކެތި ނަގަން ދިޔަ ދިވެހި ދޯންޏެއް އިންޑިއާ ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ. ކަނޑުބޯޓާއި، ދޯނި އަދި އޭގައި ތިބި މީހުން މިހާރު ވަނީ ދޫނިދޫ އަށް ގެނެސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް