ހަދަމުންދާ އިމާރާތެއްގެ ފުރަތަމަ ފަންގިފިލާ އިން ބިދޭސީއަކު ވެއްޓި އަނިޔާވެއްޖެ އެވެ.
މި މީހާ ވެއްޓިފައި ވަނީ ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގުރޫޕުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ހަދަމުންދާ ކަރގޯ އިމާރާތުގެ ފުރަތަމަ ފަންގިފިލާ އިންނެވެ.
މިއަދު 8:20 ހާއިރު ހިނގި މި ހާދިސާގައި އަނިޔާ ލިބުނީ އުމުރުން 27 އަހަރުގެ ބިދޭސީއަކަށެވެ. އޭނާ ވަނީ ވަގުތުން އެއާޕޯޓް ފަސްޓް އެއިޑް އަށް ގެންގޮސްފައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ވިދާޅުވިގޮތުގައި، އެމީހާ އިންޓާނަލް ބްލީޑްވާ ކަމަށާއި، ބައެއް ފްރެކްޗާސް ހުރިކަމަށް ފަސްޓް އެއިޑުން ވަނީ ބުނެފައިވެއެވެ.
އިތުރު ފަރުވާ ދިނުމަށް އެމީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މިދިޔަ މަހުގެ ތެރޭގައި ވެސް ބިދޭސީ އަކު ވަނީ ހަދަމުން ދިޔަ އިމާރާތަކުން ވެއްޓި ނިޔާވެފައެވެ. އިމާރާތްކުރުމުގައި އުޅޭއިރު ބިދޭސީންނަށް ލިބޭ މިފަދަ އަނިޔާތަކަކީ ރައްޔިތުން ވަރަށް ކަންބޮޑުވުން ފާޅުކުރާ ކަމެކެވެ.
މި މައްސަލަ ފުލުހުން މިހާރު ދަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް