މިސަރުކާރުން މިހާތަނަށް 42 މަޝްރޫއު ނިންމައިފި: މިނިސްޓަރު އަމީރު

މިސަރުކާރު ވެރިކަމާއި ހަވާލުވިފަހުން 42 މަޝްރޫއު ނިންމާފައިފި ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ. ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ސުވާލަކާ ގުޅިގެން މިނިސްޓަރު އަމ...

08 Oct 2019 | 05:28

މިސަރުކާރު ވެރިކަމާއި ހަވާލުވިފަހުން 42 މަޝްރޫއު ނިންމާފައިފި ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ސުވާލަކާ ގުޅިގެން މިނިސްޓަރު އަމީރު މިއަދު ވަނީ މަޖިލީހުގެ ޖަލްސާއަށް ހާޒިރުކޮށްފަ އެވެ.

ނިމުނު ޕްރޮޖެކްޓުތަކާއި ކުރިއަށްދާ ޕްރޮޖެކްޓުތަކާ ގުޅޭ ގޮތުން ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 42 މަޝްރޫއެއް ނިމިފައިވާ ކަމަށާއި، އެ މަޝްރޫއުތަކުގެ އަގު އެއް ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. އެމަޝްރޫއުތަކަށް އޭގެ ތެރެއިން 759.8 މިލިއަން ރުފިޔާ ދައްކާފައިވަނީ ދައުލަތުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ދެން ކުރިއަށް ހުރި މަޝްރޫއުތަކަށް ފައިނޭންސް ކުރާނެ ގޮތްތަކާ ބެހޭ ގޮތުން ޖާބިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މިހާރު 136 މަޝްރޫއެއް ހަވާލު ކުރެވިފައިވާނެ ކަމަށާއި، އޭގެތެރެއިން 29 މަޝްރޫއެއްގެ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި ލިބުނު 200 މިލިއަން ޑޮލަރާއި، ޑޮމެސްޓިކް ފައިނޭންސިން އަށް ގާތްގަނޑަކަށް 300 މިލިއަން ރުފިޔާގެ ޓީބިލް ވިއްކިފައި ވާނެ ކަމުގައި ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް