މޫސުމާ ބެހޭ ޤައުމީ އިދާރާ އިން ހއ. އަތޮޅުން ފެށިގެން ޅ.އަތޮޅަށް ވައިޓް އެލާޓް ނެރެފިއެވެ.
މި ސަރަހައްދަށް ވައިޓް އެލާޓް ނެރެފައި ވަނީ، ބޯކޮށް ވާރޭ ވެހި ގުރުގުރާނެ ކަމަށް ލަފާކޮށްފައެވެ.
މި ސަރަހައްދަށް މެޓް އޮފީހުން ވައިޓް އެލާޓް ނެރުނީ މިއަދު ހެނދުނު 6:15 އިން ފެށިގެން 11:15 އަށެވެ.
މިހާރު ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ ބޮޑުބަޔަކަށް ދަނީ ބޯކޮށް ވާރެ ވެހެމުންނެވެ. ބައެއް ރަށްރަށުގައި ފެންބޮޑުވާ ކަމުގެ މައުލޫމާތު ވެސް ވަނީ ލިބިފައެވެ. އިއްޔެ މާލެއަށް ކުރި ވިއްސާރައިގައި، މާލޭގެ ދެ ސަރަހައްދަކުން ވަނީ ޕަމްޕް ބަހައްޓައިގެން ފެން ހިއްކައިފައެވެ.
މިހާރު ރާއްޖެ އަށް ކުރަމުންދާ ވިއްސާރައިގައި މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް