އުފަންވީ ވެސް އެކްޓްކުރަން، މަރުވަންދެން ވެސް އެކްޓް ކުރާނަން: ކަރީނާ

އުފަންވީ ވެސް އެކްޓްކުރަން ކަމަށާއި، މަރުވަންދެން ވެސް އެކްޓިންގ ދާއިރާ ދޫނުކޮށްލާނެ ކަމަށް ބޮލީވުޑްގެ ބަތަލާ، ކަރީނާ ކަޕޫރު ބުނެފިއެވެ. 39 އަހަރުގެ ކަރީނާ ބުނީ، އެކްޓިންގ ގެ ދާއިރާ އަށް ނިކުތީއްސުރެ ...

08 Oct 2019 | 04:01

އުފަންވީ ވެސް އެކްޓްކުރަން ކަމަށާއި، މަރުވަންދެން ވެސް އެކްޓިންގ ދާއިރާ ދޫނުކޮށްލާނެ ކަމަށް ބޮލީވުޑްގެ ބަތަލާ، ކަރީނާ ކަޕޫރު ބުނެފިއެވެ.

39 އަހަރުގެ ކަރީނާ ބުނީ، އެކްޓިންގ ގެ ދާއިރާ އަށް ނިކުތީއްސުރެ އެކި މީހުންނާއި އެކީ މަސައްކަތް ކުރެވިއްޖެ ކަމަށާއި، އެއީ ލިބޭ ފަޚުރެއް ކަމަށެވެ. މި ދާއިރާގައި ވޭތުވެދިޔަ ވިއްސަކަށް އަހަރަކީ ވަރަށް "ސަޅި" ދަތުރެއް ކަމަށް ކަރީނާ ވަނީ ސިފަކޮށްފައެވެ.

ކަރީނާ ބުނިގޮތުގައި، އެކްޓް ކުރުމަކީ އޭނާގެ ޕެޝަނެއް ކަމަށާއި، ހަޔާތުގެ އެންމެ ފަހުވަގުތާއި ޖެހެންދެން ވެސް މި ދާއިރާ ދޫނުކޮށްލާނެ ކަމަށެވެ.

ކަރީނާ ފުރަތަމަ ފިލްމަކުން ފެނިގެން ދިޔައީ 2000 ވަނަ އަހަރު ރިލީޒްކުރެވުނު "ރެފިއުޖީ" ނަމަކަށް ކިއުނު ފިލްމުންނެވެ. އެ ފިލްމަށްފަހު އެތައް ހިޓް ފިލްމްތަކެއް ކަރީނާ ވަނީ ކުޅެފައެވެ. އޭގެތެރޭގައި، "ޖަބް ވީ މެޓް"، "އުޅްތާ ޕަންޖާބް"، "ވީރް ދި ވެޑިންގ" އަދި "ޗަމޭލީ" ފަދަ ފިލްމްތައް ހިމެނެއެވެ.

ކަރީނާ މިހާރު ކުރަމުން ދަނީ އާމިރް ޚާން އާއި އެކީ "ލާލް ސިންގ ޗައްޑީ" ގެ މަސައްކަތެވެ. މިއީ ކަރީނާ އާއި އާމިރް އެކީ ފެނިގެންދާނެ ތިން ވަނަ ފިލްމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް