ބޮލީވުޑް އަދި ހޮލީވުޑްގެ ތަރި، ޕްރިޔަންކާ ޗޯޕްރާ ހާސިލްކުރަން ބޭނުންވާ ކަންތައްތައް ކިޔައިދިންއިރު، އެންމެ ކުރީގައި އޮތީ މަންމައަކަށް ވުމުގެ ހުވަފެނެނެވެ.
ޕްރިޔަންކާ ދާދީ ފަހުން ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ ކެރިއާގެ އިތުރުން އަމިއްލަ ކަންތައްތަކެއްވެސް ހާސިލްކުރަން ބޭނުންވާ ކަމުގައެވެ. އެގޮތުން ކޮންމެވެސް ދުވަހަކުން މަންމައެއްގެ ތަޖުރިބާ ލިބުމަކީ ވަރަށް ބޭނުންވާ ކަމެއް ކަމުގައި ބުންޏެވެ.
މީގެއިތުރުން، އަމިއްލަ ގެއެއް ގަންނަން ބޭނުންވާ ކަމަށާއި، ގެއެއް ނުގަންނަތާ ވަރަށް ދުވަސް ވެއްޖެ ކަމަށް އޭނާ ވަނީ ބުނެފައެވެ.
ޕްރިޔަންކާ އިތުރަށް ބުނީ، ހާސިލް ކުރަން ބޭނުންވާ ކަންތައްތައް ހާސިލްކުރާނީ ފިރިމީހާ ނިކް ޖޮނަސް އާއި އެކީ ކަމަށެވެ. އަދި "ބަކެޓް ލިސްޓް" އެއް ނުގެންގުޅޭނެ ކަމަށާއި، މާ ދުރުގެ ޕްލޭންތައް ނަހަދާނެ ކަމަށެވެ. ހާސިލްކުރަން ހިތުލައިގެން އުޅޭ ކަންތައްތައް އަވަހަށް ހާސިލްވޭތޯ ބަލާނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
ޕްރިޔަންކާ މިހާރު އުޅެނީ އޭނާގެ ފުރަތަމަ ހިންދީ ޕްރޮޑަކްޝަންގެ ފިލްމް "ދަ ސްކައި އިޒް ޕިންކް" ގެ ޕްރޮމޯޝަނުގައެވެ. އެ ފިލްމް އެޅުވުމަށް ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް