އައްޑޫ ސިޓީގައި ހިންގި މާރާމާރީއެއްގައި ދެކުއްޖަކު ޒަހަމްވެއްޖެ އެވެ.
ފުލުހުން ބުނެފައިވަނީ އައްޑޫ ސިޓީ ހިތަދޫގައި އުމުރުން 17 އަހަރުގެ ދެ ކުއްޖެއްގެ މެދުގައި ހިނގި މާރާމާރީއެއްގައި އެއްކުއްޖަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާކަމަށެވެ. މިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިރޭ 22:15 ހާއިރު ކަމަށެވެ. އަދި އެމީހާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށްވެސް ފުލުހުން ބުނެފައި ވެ އެވެ.
އައްޑޫގައި ހިންގަމުން އަންނަ ނޫހެއް ކަމުގައިވާ އައްޑޫލައިވްގައި ބުނެފައިވަނީ ހިތަދޫ ބޮޑު މަގުގައި ހުންނަ މަލްޓީ ސްޓޯރް ކައިރިން ވަޅިން ހަމަލާދީ ޒަޚަމްކޮށްލި ކުއްޖާއަށް މިހާރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ ފުލުހުން ކަމަށށާއި މި މާރާމާރީ ހިންގާފައި ވަނީ މަލްޓީ ފިހާރަ ހުންނަ ހިސާބުން ކަރަންޓު ކަނޑާލާފައި އޮތް ވަގުތެއްގައި ކަމުގެ މައުލޫމާތު އެ ނޫހަށް ލިބިފައިވާކަމަށެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މި މާރާމާރީގައި އެއް ކުއްޖެއްގެ ބަނޑަށް ތޫނު އެއްޗަކުން ހަމަލާދީފައިވާއިރު އަނެއްކުއްޖެއްގެ ބޮލަށްވަނީ އަނިޔާތަކެއް ލިބިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް