ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ މާދަމާ ބޭއްވުމަށް ތާވަލް ކޮށްފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންނަވާ، ރިޔާސަތު ގޮނޑިކޮޅަށް ހާއްސަ ޕްލެޓްފޯމު އުސްކޮށްފައިވާކަން ދުވަހަށް ކަށަވަރު ވެއްޖެ އެވެ.
މަޖިލީހުގެ ރިޔާސަތު މޭޒު އުހުގައި ބެހެއްޓުމަށް ސްޓޭޖެއް ހަދާފައިވާކަމަށް އިދިކޮޅު ފަރާތްތަކުން ކުރީން ވަނީ ތުހުމަތު ކޮށްފައެވެ. ނަމަވެސް މިކަމުގައި އެމްއެންޑީއެފާއި މަޖިލީހުން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.
ރިޔާސަތު މޭޒު ބެހެއްޓުމަށް އުސްކޮށް ސްޓޭޖެއް ހަދާފައިވާކަން ދުވަހަށް ކަށަވަރުވެފައިވީނަމަވެސް އުސް ކޮށްފައިވަނީ ކިހާ ވަރަކަށްކަން ކަށަވަރުވެފައެއް ނުވެ އެވެ.
ޖަލްސާ މާދަމާ ބޭއްވުމަށް އެޖެންޑާ ކުރި ނަމަވެސް ބޮޑު ކަމެއް ކުރިއަށް ގެންދިއުމަށް ތާވަލު ކޮށްފައެއް ނުވެ އެވެ. މާދަމާގެ އެޖެންޑާގައިވަނީ މަޖިލީހުގެ ގަވާއިދުގެ 207 ވަނަ މާއްދާ އިސްލާހު ކުރެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ހުށަހަޅުއްވާފައިވާ އިސްލާހު އާންމު ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓް އިއްވުމާއި، ވޯޓުން ނިންމާ ހިސާބަށް ގޮސްފައިވާ ކަންކަމަށް ވޯޓަށް އެހުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް