ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސެލް މުބާރާތް ކަމަށްވާ ގޯލްޑެން ފުޓްސެލް ޗެލެންޖަށް ހާއްސަކޮށް ސްޕޯޓްސް ޕްލަސް ފިހާރައިން ހާއްސަ ޕްރޮމޯޝަނެއް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.
ދުވަހަށް މައުލޫމާތު ދެމުން އެ ފިހާރައިން ބުނެފައިވަނީ އެ މުބާރާތުގައި ބައިވެރިވާ ޓީމުތަކަށް ހާއްސަ އަގުތަކެއްގައި ޖާޒީ އަދި ކުޅިވަރުގެ އެކި ސާމާނު ގަންނަން ލިބޭނެ ކަމަށެވެ. އަދި އެ ފިހާރައިން ބައްލަވައިގަންނަވާ ކޮންމެ ޖާޒީ ބަޔަކާއެކު އެ ޖާޒީ ބައިގާ ނަމާއި ނަމްބަރު ޕްރިންޓް ކުރުން ހިލޭ ކޮށްދޭނެ ކަމަށާއި މީގެ އިތުރުން ކޮންމެ ޖާޒީ ބަޔަކާއެކު ފުޓްސަލް ބޯޅައަކާއި 10 މާކަރު ހިލޭ ލިބިގެންދާނެ ކަމަށްވެސް އެ ފިހާރައިން ބުނެ އެވެ.
ސްޕޯޓްސް ޕްލަސް އަކީ ކުޅިވަރަށް ބޭނުންވާ ހުރިހާ ސާމާނެއް ހެޔޮ އަގެއްގައި އެއްތަނަކުން ގަންނަން ލިބޭ ފިހާރަ އެކެވެ. މި ފިހާރަ ހުންނަނީ ރައްދެބައިމަގުން ޓީވީއެމް ކައިރީގަ އެވެ. މި ފިހާރައަށް 7783755 އިން ގުޅޭނޭ ކަމަށް މި ފިހާރައިން ހާމަކުރެ އެވެ.
ގޯލްޑެން ފުޓްސެލް ޗެލެންޖަކީ މުޅިރާއްޖެއަށް ހުޅުވާލައިގެން މާލޭގައި ކުރިއަށް ގެންދާ މުބާރާތެކެވެ. މި މުބާރާތުގައި ފުވައްމުލައް އަދި މާލެ ފިޔަވައި ކޮންމެ ރަށަކުން އެއް ޓީމަށް ބައިވެރިވެވޭ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ. މާލެ އަދި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމަކަށް ފުރުސަތު ދިނުމަށްވެސް މި އަހަރުގެ މުބާރާތުގައި ވަނީ ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް