ސަމާ އާއި ހާމީންގެ މަރާއި ގުޅިގެން ހައްޔަރުކުރި މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ކުއްލި ގޮތަކަށް މަރުވި ދެ ޒުވާނުން މައްސަލައިގާ ހައްޔަރުކުރި މީހުން ދޫކޮށްލައިފި އެވެ. މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ކުއްލި ގޮތަކަށް މަރުވެފައިވަނީ ތ. ތިމަރަފުށީ އަހުމަދު...

08 Oct 2017 | 05:48

ހުޅުމާލޭގައި ކުއްލި ގޮތަކަށް މަރުވި ދެ ޒުވާނުން މައްސަލައިގާ ހައްޔަރުކުރި މީހުން ދޫކޮށްލައިފި އެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ކުއްލި ގޮތަކަށް މަރުވެފައިވަނީ ތ. ތިމަރަފުށީ އަހުމަދު ހާމީން، 21، އާއި ދަފްތަރު، ފާތުމަތު ސަމާ، 18، އެވެ. މި މީހުންގެ މަރުގެ މައްސަލައާއި ގުޅިގެން ހަތަރު މީހަކު ފުލުހުން ހައްޔަރުކުރިއެވެ. އެއީ ތިން ފިރިހެނުންނާއި އަންހެނެކެވެ.

މި ހަތަރު މީހުން ރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާއިރު ފުލުހުން ބުނެފައިވަނީ މިމީހުން ދޫކޮށްލާފައިވަނީ ތަހުގީގުގައި ފުރިހަމަ ކުރަންޖެހޭ ކަންކަން ކުރުމަށްފަހުގައި ކަމަށެވެ.

މި މައްސަލައިގާ ހައްޔަރުކުރި ހަތަރު މީހުން ދޫކޮށްލާފައިވާއިރު އެމީހުން އުޅުނު ސަރަހައްދުން ޕާޓީ ޑްރަގްސް ތަކެއް ފެނިފައިވާކަމަށް ފުލުހުން ކުރިން ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް