ދިރާގުން މިއަދު ވިލިމާލޭގައި ބޭއްވި ޔޫތްފެސްޓުގައި ރާއްޖޭގެ އެއްވަނަ ފްލައިބޯޑަރު އިބްރާހިމް ހުސެއިން (އިއްބަޑޭ) ދިރާގުގެ ބްރޭންޑް އެމްބެސަޑަރަކަށް ހަމަޖައްސައިފިއެވެ.
އިއްބަޑޭ އަކީ ރާއްޖޭގައި ފްލައިބޯޑިން ކުރިއަރުވަން ގިނަ މަސަތްކަތް ތަކެއް ކޮށް އަދި ބައިނަލްއަގުވާމީ މުބާރާތް ތަކުގައި ވެސް ވާދަކުރަމުން އަންނަ އެތްލީޓެކެވެ. އިއްބަޑޭ ވަނީ ރާއްޖެއިން ބޭރުގެ މުބާރާތްތަކުގައި ވާދަ ކޮށް ދިވެހި ރާއްޖެއަށް ރަންވަނަތަކެއް ހޯދައިދީފައިއެވެ.
އެގޮތުން އިއްބަޑޭގެ ކާމިޔާބީތަކަށް ބަލާ އިރު، މިދިޔަ އަހަރު ޖޫން މަހު ފްރާންސުގައި ބޭއްވި ޔޫރަޕިއަން ފްލައިބޯޑް ޗެމްޕިއަންޝިޕްގެ ތިން ވަނަ ހޯދައިފައިވެއެވެ. އަދި މިދިޔަ އަހަރު ސެޕްޓެމްބަރ މަހު އެމެރިކާގެ ފްލޮރިޑާގައި އޮތް ޒަޕާޓާ ރޭސިންގް އެންޑް ޕޮރޯ ވޯޓަ ކްރޮސް ފްލައިބޯޑް ވޯލްޑް ޗެމްޕިއަންޝިޕްގައި ދުނިޔޭގެ ގަދަ އަށެއްގައި ހިމެނިފައިއެވެ. އަދި ހަމަ އެހެންމެ، 2015 ވަނަ އަހަރު އަލަށް ދުބާއީ ގައި އޮތް ވޯލްޑް ޗެމްޕިއަންޝިޕްގައި ބައިވެރިވެ އޭނާ ވަނީ ދުނިޔޭގެ 26 ވަނަ ހޯދައިފަ އެވެ. އަހަރަކަށް ފަހު އަހަރަކުން އިއްބަޑޭ ދަނީ ފްލައިބޯޑިންގ އިން ރާއްޖެއަށް ރީތި ނަން ހޯދައިދެމުންނެވެ.
ދިރާގު އެމްބެސެޑަޝިޕް ޕްރޮގްރާމަކީ ދިވެހިންގެ ތެރެއިން ތަފާތު ދާއިރާތަކުން އާދަޔާ ހިލާފު ހުނަރުވެރިކަން ދައްކާ ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކޮށް، އެހެން މީހުންނަށް އެމީހުން މިސާލެއްގެ ގޮތުގައި ދައްކާލުމުގެ ގޮތުން ދިރާގުން ފެށި ޕްރޮގްރާމެކެވެ. ދިރާގުން އަބަދުވެސް އެފަދަ ފުރުސަތުތައް ދެނީ ދިވެހިރާއްޖޭން ފާހަގަކޮށްލެވޭ ދިވެހި ޒުވާނުންނަށެވެ. މީގެ ކުރިންވެސް ދިރާގުން ވަނީ މި ޕްރޮގްރާމުގެ ދަށުން އެމްބެސެޑަރުން ހޮވާފައެވެ. އޭގެ ތެރޭގައި ބާރު ދުވުން ތެރިޔާ ހަސަން ސާއިދާއި، ވޯޓާ ސްޕޯޓްސްގެ ދާއިރާއިން ގިނަ ކާމިޔާބީތަކެއް ހޯދުމަށްފަހު މިދިޔަ އަހަރު ކެޓަމަރާނެއްގައި ރާއްޖެ ވަށާ ބުރު ޖެހި އަބްދުލް ގަފޫރު (ގައްބެ) ހަމަޖައްސައިފި ވެސް ހިމެނއެވެ. އަދި މީގެ އިތުރުން މަޝްހޫރު ލަވަކިޔުންތެރިންވެސް ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް