ދިވެހިންނަކީ ސާފުތާހިރު ކަމަށް ލޯބިކުރާ ބައެކެވެ. އެއީ ދިވެހީންގެ ދިވެހި ވަންތަ، ގެވެހި ވަންތަ އާދަ އެކެވެ. ރީތި ސިފަ އެކެވެ.
ގެދޮރު ސާފުތާހިރު ކުރުމަށް ބޭނުންކުރާ ތަފާތު ގިނަ ވައްތަރެއްގެ ތަކެތި ވިއްކަމުންދާ އޭސް ހާރޑްވެއަރ އިން ލިބެން ހުންނަ މުދަލަށް ދިވެހިންގެ މެދުގައި ހުންނަ ޝައުގު ވެރިކަމުންވެސް މިކަން އެގެމުންދެއެވެ. އޭސް ހާރޑްވެއަރ އަދި ހޯމް ސެންޓަރ އަކީ ދިވެހިންގެ ތެރޭގައި ސާފު ކުރުމަށް ބޭނުންކުރާ ވަރަށް ތަފާތު ވައްތަރުގެ މުދާ ވިއްކަމުންދާ ތަނެކެވެ. އަދި އެކި ބްރޭންޑްތައް ތަފާތު އަގު ތަކުގައި ލިބެން ހުންނަ ތަނެކެވެ.
ކޮންމެ މަހަކުވެސް ކަސްޓަމަރުންނަށް ހާއްސަ ސޭލެއް އަޅުވަމުން އަންނަ އޭސް ހާޑްވެއާއިން އޮކްޓޯބަރު މަހުގެ ސޭލް އަލިއަޅުވާލައިފައިވަނީ ސާފު ކުރަންބޭނުންކުރާ ތަކެއްޗަށެވެ. މި ސޭލް ގައި ބަދިގެ އިން ފެށިގެން ގޮސް ފާހަނާ އަދި އެއްޗެތި ދޮވުމަށް ބޭނުންކުރާ ތަފާތު ވައްތަރުގެ ނަން މަޝްހޫރު ބްރޭންޑް ތަކުގެ ސާމާނުގައި ވަރަށް ރަގަޅު ޑިސްކައުންޓްތައް އަޅުވާފައިވެއެވެ. އެކި ކަންތަކަށް ބޭނުންކުރާ، އެހެން ތަނަކުން ލިބެން ނުހުންނަ ތަފާތު ވައްތަރުގެ ސާފު ކުރުމަށް ބޭނުންކުރާ ސާމާނު ހީވެސް ނުކުރާ އަގު ތަކުގައި އޮކްޓޯބަރު މަހު ލިބެން ހުންނާނެއެވެ. އަދި މީގެ އިތުރުން އޮކްޓޯބަރު މަހު ތެރޭގައި ހައިޖީން ޑޭ ގެ ނަމުގައި އަމިއްލަ ސާފުތާހިރު ކަމާ ބެހޭގުތުން ކަސްޓަމަރުންނަށް މައުލޫމާތު ދެވިގެންދާނެއެވެ. އަދި އެހެން މަސްތަކެކޭވެސް އެއްގޮތަށް ފޭސްބުކް ގައި ލައިކް އެންޑް ކޮމެންޓް ކޮންޓެސްޓެއްވެސް ބޭއްވިގެންދާނެއެވެ. މީގައި މިފަހަރު ދެވިގެން ދާނީ ސާފު ކުރުމަށް ބޭނުން ކުރާ އެއްޗެކެވެ.
އޭސް ހާރޑްވެއާރ އަދި ހޯމްސެޓާ އަކީ 1986 ގައި އުފަންވީ ކޯ ލޯޑް މޯލްޑިވްސްގެ ދަށުން ހިނގަމުންދާ ދެ ކުންފުންޏެވެ. މިގޮތުން 2011 ގައި ރާއްޖޭގައި އުފެދުނު އޭސް ހާރޑްވެއާރ އަކީ އޭސް އިންޓަނެޝަނަލް ޗިކާގޯ ޔޫއެސްއޭ އާއި އެކު ފްރެންޗައިސް އެގްރިމެންޓެއްގެ ދަށުން ސާރކް ރީޖަންގައި ހުޅުވުނު ފުރަތަމަ ފިހާރައެވެ. މިއަދު ރާއްޖޭގައި ހިންގަމުންދާ އޭސް ހާރޑްވެއާރގެ ދެ ފިހާރައަކީވެސް ދުނިޔޭގެ އެތަކެއް ނަން މަޝްހޫރު ބްރޭންޑްތަކުގެ ހާރޑްވެއާރ އަދި ތަފާތު ބާވަތްތަކުގެ ހޯމް އިމްޕްރޫވްމެންޓް ޕްރޮޑަކްޓްސް ރާއްޖެއަށް އެތެރެކުރާ މަގުބޫލް ކުންފުންޏެކެވެ.
"މިއީ އޭސް ހާރޑްވެއަރއިން މިހާރު މިފަދަ ސާމާނު ގަންނަ ބޭފުޅުން ނަށް ވަރަށް ހާއްސަ ޕްރޮމޯޝަން އަކަށް ވެގެން ދާނެއެވެ. އަދި އެހެން ހުރިހާ ބޭފުޅުންނަންވެސް ރަނުގެ ފުރުސަތެކެވެ. އެހެންކަމުން އޮކްޓޯބަރު މަހުގައި މިއަޅުވާ ސޭލްގެ ފުރިހަމަ ބޭނުން ހުރިހާ ބޭފުޅުންވެސް ހިފާނޭ ކަމަށް އުންމީދު ކުރަމެވެ"
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް