ލާސް ވެގާސްގައި ޝޯއެއް ދެމުން ސެލިން ޑިއޯން އަށް ރޮވިއްޖެ، އޯޑިއަންސްވެސް ރޮއްވާލައިފި

ލާސްވެގަސްގެ މިއުޒިކް ފެސްޓިވަލަކަށް ހަމަލާ ދީ 54 މީހަކު މަރާލާފައިވާއިރު ރޭ ލާސް ވެގަސް ގައި ދިން ޝޯއެއްގައި މަޝްހޫރު ލަވަކިޔުންތެރިޔާ ސެލިން ޑިއޯން އަށް ރޮވިއްޖެ އެވެ. ޝޯ ފަށަމުން ސެލިން ޑިއޯން ވަނީ...

08 Oct 2017 | 01:35

ލާސްވެގަސްގެ މިއުޒިކް ފެސްޓިވަލަކަށް ހަމަލާ ދީ 54 މީހަކު މަރާލާފައިވާއިރު ރޭ ލާސް ވެގަސް ގައި ދިން ޝޯއެއްގައި މަޝްހޫރު ލަވަކިޔުންތެރިޔާ ސެލިން ޑިއޯން އަށް ރޮވިއްޖެ އެވެ.

ޝޯ ފަށަމުން ސެލިން ޑިއޯން ވަނީ އޯޑިއަންސާއި ވާހަކަ ދައްކާފަ އެވެ.

އޭނާ ބުނެފައިވަނީ "އެންމެން ރަނގަޅުކަމަށް އުންމީދު ކުރާ ކަމަށާއި ޝޯ ފެށުމުގެ ކުރީން އެންމެންނާ މުހާތަބުކޮށް ވާހަކަދައްކަން ބޭނުން ކަމަށެވެ" ޝޯ ކުރިއަށް ގެންދަން ވީތޯ އޭނާ ވަނީ އޯޑިއަންސް ކުރެން ތަކުރާރުކޮށް އަހާފަ އެވެ.

އެއަށްފަހު ސެލިން ޑިއޯން ވަނީ އޭނާގެ އެންމެ މަޝްހޫރު އެއް ލަވަ ކަމުގައިވާ "މައި ހާޓް ވިލް ގޯ އޮން" މި ލަވަ އޯޑިއަންސަށް އިއްވާލާފަ އެވެ. އެ ލަވަ ކިޔަމުންދިޔައިރު އޯޑިއަންސްގެ ތެރެއިން މުޅިން ފެންނަމުންދިޔައީ ކަރުނަ ފޮހޭ މަންޒަރާއި ރޯ މަންޒަރު ކަމަށް މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވެ އެވެ. އަދި ލަވަ ކިޔަމުންދިޔައިރު ސެލިން ޑިއޯންއަށްވެސް ރޮވުނު ކަމަށްވެ އެވެ.

ލާސް ވެގާސްގެ ރޫޓް 91 ހާވެސްޓް މިއުޒިކް ފެސްޓިވަލަށް އަމާޒުކޮށް މީހަކު ދިން ހަމަލާފައި 54 މީހަކު މަރުވެ 500 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް