ޖެކީ ޗަންގެ އެކްޝަން ފިލްމެއް ދެން ފެނިގެން ދިއުމަކީ ވަރަށް ނާދިރު ކަމެއް ކަމަށް އޭނާ ބުނެފި އެވެ.
މިހާރު 60ގެ އަހަރުތައް ގުނަމުން އަންނަ ޖެކީ ޗަން ބުނެފައިވަނީ ރަޝް އަވާ 1، 2 ، 3 ، 4 ، 5 ކުޅޭ ވަރަށްވުރެ އޭނާގެ އުމުރު މިހާރު ދޮށި ކަމަށާއި ފިލްމީ ދާއިރާގައި ސާބިތުވެ ހުންނާން ބޭނުން ނަމަ ދެން ޖެހޭނީ އެހެން ވައްތަރެއްގެ ފިލްމުތައް ކުޅެން ފަށަން ކަމަށެވެ.
އެމެރިކާގެ ޖީކިއު މެގަޒިންނަށް ދީފައިވާ އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ މިހާރުގެ ފިލްމުތަކުން ހަގީގީ "އެކްޝަން" އެއްގޮތަކަށްވެސް ނުފެންނަ ކަމަށާއި ފެންނަނީ މުޅީންވެސް "ސްޕެޝަލް އެފެކްޓްސް" ކަމަށެވެ. އަދި ކޮންމެ މީހަކަށްވެސް "ސްޕައިޑަރ މޭން" އަށް ވެވިދާނެ ކަމަށްވެސް އޭނާ ބުނެފައި ވެ އެވެ.
ޒުވާން ދައުރު އެކްޝަން ފިލްމުތައް ކުޅުމަށް ކުރި ބައެއް މަސައްކަތް ފާހަގަ ކުރަމުން އޭނާ ބުނެފައިވަނި ފަތިހު ފަހެއް ޖަހާއިރު ތެދުވެ ޓްރޭނިން ފަށާގޮތަށް ނިންމާލަނީ ހަވީރު ފަހެއް ޖަހާއިރު ކަމަށެވެ. ކުންފޫ އާއި ހަޕްކީޑޯ ދަސްކުރީ ބުރަ މަސައްކަތުން ކަމަށް އޭނާ ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް