ރޮހިންގާ ހާލަތު: ހަސީނާ ބޭނުންވަނީ ބޮޑު ކޭމްޕެއް އަޅަން، އދ އިން ބުނަނީ އެއީ ރައްކާތެރި ގޮތެއް ނޫން ކަމަށް !

ބަންގްލަދޭޝް އަށް ހިޖުރަކޮށްފައިވާ ރެފިއުޖީންގެ އަދަދު އަށް ލައްކައަށް އަރާފައިވާއިރު އެންމެހާ ރެފިއުޖީންނަށް ބޮޑު ކޭމްޕެއް އަޅަން ބަންގްލަދޭޝް ސަރުކާރުން ނިންމި ނިންމުމަށް އދ އިން ފާޑު ކިޔައިފި އެވެ....

08 Oct 2017 | 00:54

ބަންގްލަދޭޝް އަށް ހިޖުރަކޮށްފައިވާ ރެފިއުޖީންގެ އަދަދު އަށް ލައްކައަށް އަރާފައިވާއިރު އެންމެހާ ރެފިއުޖީންނަށް ބޮޑު ކޭމްޕެއް އަޅަން ބަންގްލަދޭޝް ސަރުކާރުން ނިންމި ނިންމުމަށް އދ އިން ފާޑު ކިޔައިފި އެވެ.

އދއިން ބަންގްލަދޭޝް އަށް ކަނޑައަޅާފައިހުންނަ ރެޒިޑެންޓް ކޯޑިނޭޓަރު ރޮބަޓް ވަޓްކިންސް ބުނެފައިވަނީ މިހާރުވެސް ރޮހިންގާ މުސްލިމުންގެ ހާލަތަށް ރިއާޔަތްކުރާއިރު ބޮޑު ބަލިމަޑުކަމެއް ފެތުރިދާނެ ކަމުގެ ބިރު ހީވެފައިވާއިރު އެންމެހާ ރެފިއުޖީން އެއްތާކަށް ޖަމާކޮށްފިނަމަ އެ ބިރު އިތުރަށް ބޮޑުވާނެ ކަމަށެވެ.

"އެގޮތަށް އަމަލުކޮށްފިނަމަ ބަލިމަޑުކަމެއް ފެތުރޭ ހާލަތެއްގައި ވަރަށް ފަސޭހައިން އެ ބަލިމަޑުކަމެއް ފެތުރިގެންދާނެ" އޭނާ ބުނެފައި ވެ އެވެ.

ޝެއިޚް ހަސީނާގެ ސަރުކާރުން ނިންމާފައިވަނީ ރޮހިންގާ މުސްލިމުންނަށް ބޮޑު ކޭމްޕެއް އެޅުމަށެވެ. އެ ކޭމްޕް އެޅުމަށް ނިންމާފައިވަނީ މިހާރުވެސް ރޮހިންގާ މުސްލިމުން ރެފިއުޖީންގެ ގޮތުގައި ކޭމްޕްތަކުގައި ތިބި ކުޓުޕަލޯންގާއި ދުރު ނޫން ސަރަހައްދެއްގަ އެވެ. ހަސީނާ ބުނެފައިވަނީ އެ ނިންމުން އެގޮތަށް ނިންމީ އެގައުމުގެ އިންޓެލިޖެންސްގެ ރައުޔަށް ބަލާފައި ކަމަށެވެ.

ސެއިޚް ހަސީނާގެ ސަރުކާރުގެ މި ނިންމުމަށް އެއްބާރުލުން ދިނުމަށް އދގެ މައިގްރޭޝަން ޖަމިއްޔާ، އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ މައިގްރޭޝަން އިން ވަނީ ނިންމާފަ އެވެ.

އެ ޖަމިއްޔާގެ ތަރުޖަމާނު ޖޯލް މިލްމަން ބުނެފައިވަނީ ބޮޑު ރެފިއުޖީ ކޭމްޕެއް އަޅާނަމަ އަޅާނީ މިހާރުވެސް ޔުގާންޑާ އަދި ޑަބާބްގެ ރެފިއުޖީންނަށް ކެންޔާގައި އަޅާފައިވާ "ބިޑި ބިޑި" ރެފިއުޖީ ކޭމްޕާއި އެއްގޮތް ކޭމްޕެއް ކަމަށެވެ. އެ ކޭމްޕްގައި ތިން ލައްކަ ރެފިއުޖީން ދިރިއުޅެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް