ޝާހީ ގަނޑުވަރަށް ދިން ހަމަލާގައި ދެމީހަކު މަރުވެފައިވޭ: ސައުދީ

ޖިއްދާގައި ހުންނަ ސައުދީ ޝާޙީ ގަނޑުވަރަށް އިއްޔެ ދިން ހަމަލާގައި ދެ ގާޑަކު މަރުވެފައިވާކަމަށް އެގައުމުން ބުނެފި އެވެ. ޝާހީ ގަނޑުވަރަށް މީހަކު ހަމަލާ ދީފައިވަނީ  އެ ގަނޑުވަރުގެ ގޭޓެއްގައި ވެހިކަލަކުން ...

07 Oct 2017 | 23:40

ޖިއްދާގައި ހުންނަ ސައުދީ ޝާޙީ ގަނޑުވަރަށް އިއްޔެ ދިން ހަމަލާގައި ދެ ގާޑަކު މަރުވެފައިވާކަމަށް އެގައުމުން ބުނެފި އެވެ.

ޝާހީ ގަނޑުވަރަށް މީހަކު ހަމަލާ ދީފައިވަނީ  އެ ގަނޑުވަރުގެ ގޭޓެއްގައި ވެހިކަލަކުން ޖައްސައި، ގަނޑުވަރުގެ ގޯތި ތެރެއަށްވަދެ ބަޑިން ހަމަލާ ދީގެންނެވެ.

ސައުދީގެ ހާރިޖީ ވުޒާރާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ހަމަލާގައި ދެމީހަކު މަރުވެފައިވާއިރު ތިން މީހަކު ޒަހަމްވެފައިވާކަމަށެވެ.

މިކަން ހިނގާފައިވަނީ އިއްޔެ މެންދުރުފަހު 3:15ގައި ކަމަށް ސައުދީން ބުނެފައި ވެ އެވެ. ހަމަލާ ދިން މީހާ ކާރުގައި ޝާހީ ގަނޑުވަރުގެ ގޯތި ތެރެއަށްވަދެ ހަމަލާ ދޭން ފެށުމުން ގަނޑުވަރުގެ ގާޑުންވަނީ ރައްދުގައި ހަމަލާދީ އެ ކާރުގައި އިން މީހާ މަރާލާފަ އެވެ.

ހާރިޖީ ވުޒާރާއިން އިތުރަށް ހާމަކޮށްފައިވާގޮތުގައި އެ ހަމަލާ ދިނީ އުމުރުން 28 އަހަރުގެ މަންސޫރު ބިން އަލީ އަލް ފާހިދު އަލް އަމީރީ އެވެ. އޭނާ އަކީ އެގައުމުގެ ރައްޔިތެއް ކަމަށާއި އޭނާގެ ކާރުން ބޮންތަކެ ފެނުނު ކަމަށްވެސް ސައުދީ ހާރިޖީ ވުޒާރާއިން ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް