ފިލްމު "ފަންނޭ ޚާން" ގެ ސެޓުގައި އައިޝްވާރިޔާ ބޮޑާ ހާކައިފި !

ރާކޭޝް އޯމްޕްރަކާޝް މެހެރާ ޕްރޮޑިއުސް ކުރާ ފިލްމު "ފަންނޭ ޚާން" ގެ ޝޫޓިން ފަށާފައިވާއިރު އެ ފިލްމުގެ ސެޓުގައި އައިޝްވާރިޔާ ރާއި ބައްޗަން ބޮޑާ ހާކައިފި އެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އައިޝްވާރިޔާ...

07 Oct 2017 | 23:27

ރާކޭޝް އޯމްޕްރަކާޝް މެހެރާ ޕްރޮޑިއުސް ކުރާ ފިލްމު "ފަންނޭ ޚާން" ގެ ޝޫޓިން ފަށާފައިވާއިރު އެ ފިލްމުގެ ސެޓުގައި އައިޝްވާރިޔާ ރާއި ބައްޗަން ބޮޑާ ހާކައިފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އައިޝްވާރިޔާ ބޮޑާ ހާކާފައިވަނީ ފިލްމުގެ މަންޒަރުތައް ނެގުމަށް ތައްޔާރުވަމުން ދިޔައިރު އޭނާއަށް ލިބުނު ހެދުމާއި މެދު ހިތްހަމަ ނުޖެހިގެންނެވެ. އެކަމާ ހިތްހަމަ ނުޖެހިގެން އައިޝްވާރިޔާ ވަނީ އެންމެ ފަހުވަގުތު ފިލްމު ޝޫޓިން ކެންސަލް ކޮށްލާފައި ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

އެ ފިލްމަށް ކޮސްޓިއުމް ޑިޒައިން ކުރާ މަނީޝް މަލޯތުރާއާއި އައިޝްވާރިޔާއާއި ދެމެދު އިއްޔެގެ ޝޫޓިންގައި ކޮންމެވެސް ވަރެއްގެ ހޫނު ބަހުސެއް ހިންގާފައިވާކަމަށްވެސް މީޑިއާތަކުގައި ރިޕޯޓް ކޮށްފައި ވެ އެވެ.

ފިލްމު "ފަންނޭ ޚާން" އަކީ މިއުޒިކަލް ކޮމެޑީ ފިލްމެކެވެ. އައިޝްވާރިޔާއާއިއެކު މި ފިލްމުގައި ބަތަލެއްގެ ރޯލުން ފެނިގެންދާނީ އަނިލް ކަޕޫރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް